ރޮހިންޔާ މުސްލިމުންނަށް މިޔަންމާ ރައްޔިތެއްކަން އަންގައިދޭ ކާޑު ބަންގްލަދޭޝް އިން ދޫކުރަން ފަށައިފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 46ސ
ރޮހިންޔާ މުސްލިމުންނަށް މިޔަންމާ ރައްޔިތެއްކަން އަންގައިދޭ ކާޑު ބަންގްލަދޭޝް އިން ދޫކުރަން ފަށައިފި
މިޔަންމާ އިން ބަންގްލަދޭޝްއަށް ހިޖުރަކޮށްފައިވާ ރޮހިންޔާ މުސްލިމުންނަށް އެމީހުންނަކީ މިޔަންމާ ރައްޔިތުންކަން އަންގައިދޭ އައިޑެންޓިޓީ ކާޑެއް ބަންގްލަދޭޝް ސަރުކާރުން ދޫކުރަން ފަށައިފިއެވެ.

ބަންގްލަދޭޝްގެ އިމިގްރޭޝަނުން ދޫކުރާ މިކާޑުގައި އެމީހަކާއިބެހޭ ހުރިހާ މައުލޫމާތެއް ހިމަނާފައިވެއެވެ. އަދި ކާޑުގައިވަނީ "މިޔަންމާ ރައްޔިތެއް" ކަމަށެވެ.

މިޔަންމާއިން ރޮހިންޔާ މުސްލިމުންނަށް އެމީހުންނަކީ ކޮން ބައެއްކަން އެނގޭނެ އެއްވެސް ލިޔުމެއް ދުލެއް ނުކުރެއެވެ. އެހެންކަމުން އެމީހުންގެ އަތުގައި އައިޑެންޓިޓީ ކާޑޭއް އަދި ޕާސްޕޯޓެއްވެސް ނުއޮވެއެވެ.

ބަންގްލަދޭޝް އިން މިފަދަ ކާޑެއް ދޫކުރަން މިފެށީ ބަންގްލަދޭޝްގައި މިހާރު ރިފިޔުޖީންގެ ގޮތުގައި އަށް ލައްކަ ރޮހިންޔާ މުސްލިމުން ތިބިއިރު އެމީހުންގެ އަތުގައި އެފަދަ އެއްވެސް ލިޔުމެއް ނެތްނަމަ ކުރިމަތިވާނެ މައްސަލަތަކަށް ބަލައިގެންނެވެ.
މިއަދު އޮންލައިން