އެމެރިކާގެ ވެގާސްގައި މިދިއަ ހަފްތާގައި ބަޑިޖަހައި 60 މީހުން މަރާފައިވާ ހާދިސާގައި އައިފޯނެއް ފޯނުގެ ވެރިޔާގެ ފިރާނަ ސަލާމަތްކޮށްފިއެވެ.
ހަމަލާދޭން ފެށުމުން ފިލަން ދުވި އަންހެނަކު ބުނީ އޭނާގެ ފުރާނަ ސަލާމަތްވީ އޭނާ އާއި ދިމާއަށް ވަޒަނެއް އަންނަންފެށުމުން ފޯނު ދިއްކޮށް ފޯނަށް ވަޒަން އެރުމުން ކަމަށެވެ.
އަންހެން މީހާގެ ވަނަވަރު ހާމައެއް ނުކުރެއެވެ. އެހެންކަމުން މި ވާހަކައިގެ ޞައްހަކަން އަދި ވަނީ ކަށަވަރު ނުކުރެވިފައެވެ. ނަމަވެސް އެމެރިކާގެ ރަސްމީ ބައެއް ބައެއް ފަރާތްތަކުން ވަނީ ޚަބަރާއި ފޯނުގެ ފޮޓޯ ޢާންމުކޮށްފައެވެ.