ސައުދީ ރަސްގެފާނު ސަލްމާން ބިން ޢަބްދުލްޢަޒީޒް ދުނިޔޭގެ ތަރައްޤީއށް ކޮށްދެއްވަމުން ގެންދަވާ ޚިދުމަތްތަކުގެ އަގުވަޒަންކުރުމަށާއި ބައިނަލްއަޤްވާމީ ގުޅުންތައް ބަދަހިކުރެއްވުމަށް ކުރައްވާ މަސައްކަތްޕުޅުތަކުގެ އަގުވަޒަންކޮށް ރަސިއާގެ އިންސްޓިޓިޔުޓަކުން އޮނަރަރީ ޕީއެޗްޑީގެ ޝަރަފް އަރުވަން ނިންމައިފިއެވެ.
މޮސްކޯގެ ސްޓޭޓް އިންސްޓިޓިޔުޓް ފޮރ އިންޓަރނޭޝަނަލް ރިލޭޝަންސް އިން އަރުވާ މިޝަރަފް މިއަދުގެ ވަގުތެއްގައި އަރުވަން ވަނީ ހަމަޖެހިފައެވެ.
އެ އިންސްޓިޓިޔުޓުން ބުނެފައިވަނީ ދުނިޔޭގެ ހަމަޖެހުމަށް އެންމެ މުހިންމީ ބައިނަލްއަޤްވާމީ ގުޅުންތައް ބަދަހިކުރުން ކަމަށްވާއިރު ސަލްމާން ރަސްގެފާނު ގެންދަވަނީ އެކަމުގައި ދުނިޔެއަށް ނަމޫނާ ދައްކަވަމުން ކަމަށެވެ.
ސަލްމާން ރަސްގެފާނު ރަިއާއަށް ކުރައްވަމުން ގެންދަވާ ރަސްމީ ފަތުރުފުޅުގެ ތެރެއިން އިއްޔެ ވަނީ ދެ ޤައުމުގެ އަންހެނުންގެ މެދުގައި ޕެނެލް ޑިސްކަޝަނެއް ކުރިއަށް ގެންގޮސްފައެވެ.
މި ބައްދަލުވުމުގައި ވަނި ސައުދީ އަންހެނުންނަށް ކާރު ދުއްވުމުގެ ހުއްދަ ސަލްމާން ރަސްގެފާނު ދެއްވިކަން ޚާއްޞަ ގޮތެއްގައި ފާހަގަކޮށްފައެވެ.