ކަސްޓަމައިޒް ކުރެވޭ ގޮތަށް، ރާއްޖޭގެ ފުރަތަމަ ޑިޖިޓަލް ޕްލޭނަރ ޕްލޭނަރ "މަމެން" ދިރާގުން ތަޢާރަފްކޮށްފިއެވެ.
ބޭނުން ގޮތަކަށް ކަސްޓަމައިޒް ކުރެވޭ މިޑިޖިޓަލް ޕްލޭނަރ ދިރާގުން ތަޢާރަފް ކޮށްފައިވަނީ، "ދިރާގު ޔޫތު ފެސްޓް 2017" ގެ ނަމުގައި ވިލިމާލޭ ވޯޓަރ ސްޕޯޓްސް އޭރިއާގައި މިއަދު ކުރިއަށްދާ ފެސްޓިވަލްގައެވެ.
"މަމެން" ބޭނުން ކޮށްގެން އެމީހަކު ބޭނުން ވަރަކަށް ރީޗާޖް، އެސްއެމްއެސް އަދި ޑޭޓާ ނެގޭނެއެވެ.
ދިރާގު އިން މަޢުލޫމާތު ދިން ގޮތުގައި "މަމެން" މެދުވެރިކޮށް ކަސްޓަމަރުން ބޭނުންވާ ގޮތަށް ކަސްޓަމަރުންގެ މޮބައިލް ޚިދުމަތްތައް ތަޢާރަފް ކުރެވޭނެއެވެ.
"މަމެން" ތަޢާރަފް ކުރުމާ ގުޅިގެން ދިރާގުން މިއަދު ވަނީ 100 ފަރާތެއް، އެޚިދުމަތަށް ރެޖިސްޓަރކޮށް، އެފަރާތްތަކަށް ހިލޭ "މަމެން" ސިމް ހަދިޔާކޮށްފައެވެ.
ދިރާގުން ބުނި ގޮތުގައި މި 100 ފަރާތް ވެގެން ދާނީ އާންމުންނަށް މިޚިދުމަތް ވަރަށް އަވަހަށް ހުޅުވާލުމުގެ ކުރިން، "މަމެން" ކޮމިއުނިޓީގެ އެންމެ ފުރަތަމަ މެންބަރުންނަށެވެ. ލިމިޓެޑް ރިލީޒްގެ ދަށުން، "މަމެން" ގެ އެންމެ ފުރަތަމަ 100 ކަސްޓަމަރުންނަށް 10 ޖީބީ ޑޭޓާ މުޅިން ހިލޭ ހަދިޔާ ކުރެވޭނެއެވެ.