ދުބާއީ އިން ރެއަކަށް އެންމެ 8 ޑޮލަރަށް އެނދެއް ފަތުރުވެރިންނަށް ވިއްކަން ފަށައިފިއެވެ. މި ކަމަށް ޚާއްޞަކޮށްގެން ތަރައްޤީކޮށްފައިވާ އިމާރާތުގައި ސްވިމިންގ ޕޫލާއި އެހެންވެސް ފެސިލިޓީތައް ވަނީ ޤާއިމުކޮށްފައެވެ.
ދުބާއީ ޓޫރިސްޓް ބޯޑުން ބުނެފައިވަނީ ދުބާއީ އަކީ އަގުބޮޑު ސިޓީއެއް ކަމަށް މިހާރު ނެބެލެވޭނެ ކަމަށެވެ. ދުބާއީ އަކީ ހުރިހާ ފަންތިތަކުގެ ފަތުރުވެރިންނަށްވެސް ހުޅުވާލެވިފައިވާ ތަނެއްކަން މިހާރު އެނގޭނެ ކަމަށެވެ.
މިކަމަށް ތައްޔާރުކޮށްފައިވާ އިމާރާތްތަކުގައި ހުންނަ ފެސިލިޓީތައް ބޭނުންކުރާނަމަ އެކަމަށް ޚާއްޞަ އަގުތައް ދައްކަން ޖެހެއެވެ.
"ބެކްޕެކް" ފަތުރުވެރިންނަށް މިއަގުގައި ކޮޓަރިލިބެން ހުރި ނަމަވެސް މެދުފަންތީގެ ފަތުރުވެރިންނަށް ވެސް މިހާރު 30 ޑޮލަރަށް ކޮޓަރި ލިބެއެވެ.
ދުބާއީގައި އިތުރުވަމުން އަންނަ އުސް އިމާރާތްތަކާއިއެކު ފްލެޓާއި ކޮޓަރިތަކުގެ ކުލި މިހާރުވެސް ވަނީ ވަރަށް ބޮޑަށް ދަށްވެފައެވެ.