ދިރާގު "އާރް.ބީ ކުއެސްޓް" ގެ ނަސީބުވެރިން ހޮވާ އިނާމުތައް ހަވާލު ކޮށްފި

ކިޔުމަށް ހޭދަވާނީ 1މ 4ސ
ދިރާގު "އާރް.ބީ ކުއެސްޓް" ގެ ނަސީބުވެރިން ހޮވާ އިނާމުތައް ހަވާލު ކޮށްފި
ދިރާގު މިދިޔަ އޯގަސްޓް މަހު ފަހުކޮޅު ތަޢާރަފްކުރި ޑިޖިޓަލް ގޭމް "އާރް.ބީ ކުއެސްޓް" ގެ އިނާމުތަކުގެ ގޮތުގައި ވަނަވަނަ އަށް ދިޔަ ފަރާތްތައް ހޮވުމުގެ އިތުރުން ފަސް ޑެއިލީ ޕްރައިޒް ވިނަރސް ވެސް ހޮވާފައިވެއެވެ.

އާރް.ބީ ކުއެސްޓްގެ ތިން ވަނައަށް ދިޔަފަރާތައް ލިބިފައިވަނީ، ދެމީހަކަށް ތިން ރޭ ޝެރަޓަން ގައި ހޭދަ ކޮށްލުމުގެ ފުރުސަތެވެ. މިއިނާމު ލިބިފައިވަނީ ރިއްފަތު ކިޔާ ބޭފުޅަކަށެވެ.

ދެވަނަ އިނާމަކީ "ޑިޖިޓަލް ޕެކް" އިނާމެވެ. އޭގައި ހިމެނެނީ ޕީއެސް 4 އަކާއި، ސެމްސަންގް އެސް 8 އެއްގެ އިތުރުން މެކްބުކް ޕްރޯ އެކެވެ. މިއިނާމުގެ ހައްޤުވެރި ފަރާތަކީ މުޙައްމަދު އަލީ ކިޔާ ބޭފުޅެކެވެ.

މިކުއެސްޓްގެ އެއްވަނަ އަށްދާ ފަރާތަކަށް ދިނުމަށް ހަމަޖެހިފައިވަނީ އަށް ދުވަހުގެ ޔޫރަޕް ދަތުރެކެވެ. އިނާމު ހާސިލް ކޮށްފައިވަނީ ހުސެއިން ސިމަން ކިޔާ ބޭފުޅެކެވެ.

އާރް.ބީ ކުއެސްޓްގައި ބައިވެރިވެ އިނާމު ހޯއްދެވި ފަރާތްތަކަށް އިނާމު ދިނުން އޮތީ، ދިރާގު ގެ ފަރާތުން ވިލިމާލެ ވޯޓަރ ސްޕޯޓްސް އޭރިއާގައި މިއަދު ބާއްވާފައިވާ "ދިރާގު ޔޫތު ފެސްޓް 2017" ގައެވެ.

މިފެސްޓިވަލްގައި މިއަދު މޫދު ކުޅިވަރުތަކުގެ އިތުރުން ބާބެކިއު އާއި ލައިވް މިއުޒިކް ޝޯވ އެއްވެސް ކުރިއަށް އެބަދެއެވެ. މިފެސްޓިވަލް މިއަދު އިރުއޮއްސި 18:00 އާއި ހަމައަށް ކުރިއަށް ދާނެއެވެ.
މިއަދު އޮންލައިން