ޖިއްދާގެ އަލް-ސަލާމް ގަނޑުވަރަށް ދޭން އުޅުނު ހަމަލާއެއް ނާކާމިޔާބުކޮށްލައިފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 48ސ
ޖިއްދާގެ އަލް-ސަލާމް ގަނޑުވަރަށް ދޭން އުޅުނު ހަމަލާއެއް ނާކާމިޔާބުކޮށްލައިފި
ސައުދިއަަރަބިޔާގެ ޖިއްދާގައި ހުންނަ އަލް-ސަލާމް ގަނޑުވަރަށް ހަމަލާދޭން ކުރިމަސައްކަތްތަކެއް ނާކާމިޔާބުކޮށްލައިފިއެެވެ. މިކަމަށް ހިންގި އޮޕަރޭޝަނުގައި ސައުދީ ސެކިޔުރިޓީ ގާޑުންގެ ދެ މީހަކު ވަނީ މަރުވެފައެވެ.

މިކަމާއި ގުޅިގެން ސައުދިއަރަބިޔާއިން އަދި ރަސްމީ ބަހެއް ބުނެފައެއް ނުވެއެވެ.

މިހާދިސާ އާއި ގުޅިގެން ސައުދީގައި ހުންނަ އެމެރިކާ އެމްބަސީން ވަނީ އެ ސަރަހައްދުގައި އުޅޭ އެމެރިކާ ރައްޔިތުން ރައްކައުތެރިކަމާއިއެކު ހަރަކާތްތެރިވުމަށް އިލްތިމާސްކޮށްފައެވެ.





އަލް-ސަލާމް ގަނޑުވަރަކީ ކިންގ ޢަބްދުލްޢަޒީޒް ރޯޑްގައި މޫދު ފެންނަ ގޮތަށް ހުންނަ ސައުދީ ރަސްމީ ގަނޑުވަރެކެވެ.

އައިއެސް އާއި އަލްޤައިދާ ފަދަ ޖަމާއަތްތަކުން ގެންދަނީ ސައުދިއަރަބިޔާގެ އެކި ތަންތަނަށް ހަމަލާދޭން މަސައްކަތްކުރަމުންނެވެ.

މިއަދު އޮންލައިން