ދިރާގުގެ ބްރޭންޑް އެމްބެސެޑަރަކަށް މަޝްހޫރު ފްލައިބޯޑު ކުޅުންތެރިޔާ އިބްރާހިމް ޙުސެއިން (އިއްބަޑޭ) ހަމަޖައްސައިފިއެވެ.
ބްރޭޑް އެމްބެސެޑަރަކަށް އިއްބަޑޭ އައްޔަނު ކުރިކަން، ވިލިމާލޭ ވޯޓަރ ސްޕޯޓްސް ސަރަޙައްދުގައި ދިރާގުން މިއަދު ބޭއްވި"ދިރާގު ޔޫތު ފެސްޓް 2017" ގައި ވަނީ އިއްލާނުކޮށްފައެވެ.
އިއްބަޑޭ ވަނީ މިދިޔަ އަހަރު އެމެރިކާގައި ބޭއްވި، ދުނިޔޭގެ ފްލައިބޯޑު މުބާރާތުގައި ގަދަ 16 އިން ޖާގަ ހޯދާ، ރާއްޖޭގެ ނަން ފަޚުރުވެރި ކޮށްދީފައެވެ. ގަދަ 16 އަށް އޭނާ ދިޔައީ "ޕްރޯ ފަލައިބޯޑާސް" ބައިންނެވެ. އިއްބަޑޭ ވަނީ އެމުބާރާތުގެ ގަދަ 26 ގައި ހިމެނިފައެވެ.
މިއަދު ބޭއްވުނު، ފޯރިގަދަ "ދިރާގު ޔޫތު ފެސްޓް 2017" ގައި، މާލެއާއި ވިލިމާލެ، އަދި ހުޅުމާލެއިން ވެސް ގިނަ އަދަދެއްގެ ޒުވާނުން ވަނީ ބައިވެރިވެފައެވެ.