ބްރާންޗްތައް ހުޅުވައިގެން ބޭންކް ހިންގި ޒަމާން މިހާރު ނިމިއްޖެ ކަމަށާއި މިހާރު ޢާންމުވަމުން އަންނަނީ މޯބައިލް މަނީ ފަދަފަސޭހަ ގޮތްތައް ކަމަށް އިސްލާމިކް ބެންކްގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރު ހާރިސް ހާރޫން ވިދާޅުވެއްޖެއެވެ.
ދިރާގު ޕޭ ތަޢާރަފްކުރުމަށް ހޮޓެލް ޖެންގައި ބޭއްވި ރަސްމިއްޔާތުގައި ހާރޫން ވިދާޅުވީ ދިރާގު ޕޭ އާއެކު އެ ބޭންކުގެ ޚިދިމަތްތައްވެސް ފުޅާވެގެންދާނެ ކަމަށެވެ. އަދި ކަސްޓޯޑިއަލްބޭންކުގެ ގޮތުގައި ތިބެގެން ހުރިހާ ކަސްޓަމަރުންގެ ފައިސާވެސްރައްކާތެރިކަމާ އެކު ބަލަހައްޓާނެކަމުގެޔަޤީންކަން ދެއްވާ ކަމަށެވެ.
ސްމާޓްފޯން ބޭނުން ނުކުރާ ފަރާތްތަކަށްވެސް އެންއެފްސީ ސްޓިކަރއެއްފޯނުގައި ތަތްކޮށްލައިގެން ދިރާގު ޕޭގެ ޚިދުމަތް ބޭނުން ކުރެވޭ އިރު، މި ޚިދުމަތުގެ ސަބަބުން ރާއްޖެއަކީވެސް އަތްމަތީގައި ފައިސާ ގެންގުޅުން މަދު (ކޭޝް ލެސް) ޤައުމެއްގެ ގޮތުގައި ހެދިދާނެއެވެ.