ލަންކާގަ ކޮންމެ 4 ގަޑިއިރަކުން ރޭޕްކޭހެއް- ލަދުގަންނަން ޖެހޭ: ސަރުކާރު

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 43ސ
ލަންކާގަ ކޮންމެ 4 ގަޑިއިރަކުން ރޭޕްކޭހެއް- ލަދުގަންނަން ޖެހޭ: ސަރުކާރު
ސްރީލަންކާގައި ކޮންމެ 4 ގަޑިއިރަކުން ރޭޕްކުރުމުގެ މައްސަލައެއް ހިނގަމުންދާ ކަމަށާއި އެއީ މުޅި ޤައުމުވެސް އެކަމާއިމެދު ލަދުގަންނަން ޖެހޭ ފަދަ ކަމެއް ކަމަށް ލަންކާ ސަރުކާރުން ބުނެފިއެވެ.

ޓެކްސްޓައިލް އެންޑް ޓްރޭޑް އެގްޒިބިޝަން 2017 ހުޅުވުމުގެ ރަސްމިއްޔާތުގައި ލަންކާ ރައީސްގެ ކޮސެލް މާޝަލް ޕެރޭރާ ވިދާޅުވީ މިއީ މުޅި ގައުމުވެސް ކަންބޮޑުވާންޖެހިފައިވާ އިޖުތިމާޢީ ވަރަށް ބޮޑު މައްސަލައެއް ކަމަށެވެ. އަދި މިކަމުގައި އެންމެ ގިނަ އަދަދަކަށް ޝިކާރަ ކުރެވެމުން ދަނީ ސްކޫލްތަކުގައި ކިޔަވާ ދަރިވަރުން ކަމަށްވުމަކީ ކަންބޮޑުވުން އިތުރުވާ ސަބަބެއް ކަމަށެވެ.

އޭނާ ވިދާޅުވީ މިކަމަށް އަންހެނުންނާއި ދަރިވަރުން ހޭލުންތެރިކުރުވަން ގިނަ މަސައްކަތްތަކެއް ކުރަން ޖެހިފައިވާ ކަމަށެވެ. އަދި މިކަމުގައި ދީނީ އިލްމުވެރިންނާއި އިޖުތިމާޢީ ޚިދުމަތްތެރިންގެ އެހީތެރިކަން ވަރަށް މުހިންމު ކަމަށެވެ.
މިއަދު އޮންލައިން