އުއްތަރު ޕްރަދޭޝްގެ ޓުރިޒަމް ބްރޯޝަރުން ތާޖްމަހަލް އުނިކުރި މައްސަލަ ހޫނުވެއްޖެ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ
އުއްތަރު ޕްރަދޭޝްގެ ޓުރިޒަމް ބްރޯޝަރުން ތާޖްމަހަލް އުނިކުރި މައްސަލަ ހޫނުވެއްޖެ
އިންޑިއާގެ އުއްތަރު ޕްރަދޭޝްގެ ސަރުކާރުން ނެރެމުން އަންނަ ޓޫރިޒަމް ބްރޯޝަރުން ދުނިޔޭގެ 7 ވަނަ އަޖައިބުގެ ގޮތުގައި ފާހަގަކުރާ ތާޖްމަހަލް އުނިކޮށްފައިވާތީ މައްސަލަތައް ހޫނުވެއްޖެއެވެ.

މިކަމާއިމެދު ކަންބޮޑުވުން ފައުޅުކުރަމުން އަންނަ ފަރާތްތަކުން ބުނަނީ ސަރުކާރުން އެކަން ކުރީ ކޮންމެ ދުވަހަކުވެސް އެތައް ހާސް ބައަކު ތާޖްމަހަލަށް ޒިޔާރަތްކުރި ނަމަވެސް އެތަނަކީ މުސްލިމުންގެ ޝަޚްޞިއްޔަތު ދައްކައިދޭ ބިނާއަކަށްވާތީ ކަމަށެވެ.

ތާޖް މަހަލަށް ލިބެމުން އަންނަ ބައެއް ގެއްލުންތައްވެސް މިހާރަކު މަރާމާތެއް ނުކުރެއެވެ. އެގޮތުން ބައެއް ކުރިބޯށިތަކަށް ގިނަ ދުވަސްވުމުން ލިބޭ ގެއްލުންތައްވެސް މަރާމާތު ނުކުރާ މައްސަލަތައް ދަނީ ފެންމަތިވަމުންނެވެ. މަރާމާތުކުރުމުގެ ބަދަލުގައި ހަލާކުވާ ބައިތައް ސަރުކާރުން ގެންދަނީ ނަގަމުންނެވެ.

އިންޑިއާގެ މިހާރުގެ ސަރުކާރު ވެރިކަމަށް އައިފަހުން ތާޖްމަހަލްގެ ބައިތަކަށް ލިބޭ ގެއްލުންތައް އިތުރުވަމުން އަންނަކަމަށްވެސް ގިނަ ބައަކު ދަނީ ބުނަމުންނެވެ.

ތާޖް މަހަލަކީ އިންޑިއާއަށް ލިބިފައިވާ އެންމެ ބޮޑު އެއް ޤައުމީ ތަރިކައެވެ. ތާޖްމަހަލް ބިނާކޮށްފައިވަނީ މުސްލިމުންގެ ވެރިކަމުގައިކަމަށްވުމުން އެކަން ތާރީޚުން ފޮހެލަން ބޭނުންވި ނަމަވެސް އެއީ ކުރެވޭނެ ކަމެއް ނޫނެވެ.
މިއަދު އޮންލައިން