ބަންގްލަދޭޝް މީހަކު ރޮހިންޔާ މުސްލިމަކާ ކައިވެނިކުރި މައްސަލަ ހޫނުވެއްޖެ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 11ސ
ބަންގްލަދޭޝް މީހަކު ރޮހިންޔާ މުސްލިމަކާ ކައިވެނިކުރި މައްސަލަ ހޫނުވެއްޖެ
ގަންގްލަދޭޝްގެ ރައްޔިތެއް ކަމަށްވާ އުމުރުން 25 އަހަރުގެ ޝުއައިބް ހުސައިން ޖުވެލް، އެ ޤައުމަށް ހިޖުރަކޮށްފައިވާ ރޮހިންޔާ މުސްލިމް އަންހެނެއް ކަމަށްވާ އުމުރުން 18 އަހަރުގެ ރާފިޒާ އާއި ކައިވެނިކުރުމުން އެ މައްސަލަ ހޫނުވެއްޖެއެވެ.

ފުލުހުން ގެންދަނީ ޝުޢައިބު ހޯދަން މަސައްކަތްކުރަމުންނެވެ. ޝުއައިބުގެ ބައްޕަ ބުނީ ދަރިފުޅު ވީތަނެއް ނުއެނގޭ ކަމަށެވެ. ފުލުހުން ބުނީ ބަންގްލަދޭޝްއަށް ހިޖުރަކޮށްފައިވާ މުސްލިމުންނާއި ކައިވެނިކުރުން 2014 ވަނަ އަހަރުން ފެށިގެން މަނާކޮށްފައިވާތީ ޝުއައިބު ކުރި ކައިވެންޏަކީ މަނާ ކައިވެންޏެއް ކަމަށެވެ. ބަންގްލަދޭޝް އިން ރޮހިންޔާ މުސްލިމުންނާއި ކައިވެނިކުރުން މަނާކުރީ އެއީ ބަންގްލަދޭޝްގެ ރައްޔިތުންނަށް ވުމަށް ކުރާ ކައިވެންޏެއް ކަމަށް ބަލައިގެންނެވެ.

ޝުޢައިބުގެ ބައްޕަ ބުނީ ބަންގްލަދޭޝްގައި އެމީހަކު ބޭނުން ދީނެއްގެ އަންހެނަކާއި ކައިވެނިކުރުމުގެ މިނިވަންކަން އޮންނަ ކަމަށެވެ.

ކްރިސްޓިއަނުންނާއިވެސް ކައިވެނިކުރާކަމަށެވެ. "އަހަރެންގެ ދަރިފުޅު ރޮހިންޔާ އަންހެނަކާ ކައިވެނިކުރީ އޭނާ އާއި ކައިވެނިކުރަން ބޭނުންވެގެން. ކޮބާ މައްސަލައަކީ. ރައްޔިތެއްކަން ދޭން ބޭނުން ނޫންނަމަ ނުދިނީމަ ނިމުނީނު. ވަކި ނަސްލެއް ނުވަތަ ޤައުމެއްގެ މީހަކަށްވާތީ ކައިވެނިކުރުން މަނައެއް ނުކުރެވޭނެ." ކަމަށެވެ.

ބަންގްލަދޭޝްގައި މިހާރު 8 ލައްކައަށްވުރެ ގިނަ ރޮހިންޔާ މުސްލިމުން ރިފިޔުޖީންގެ ގޮތުގައި އެބަތިއްބެވެ.
މިއަދު އޮންލައިން