ސްރީލަންކާގެ މައްތަލައިގައި ތަރައްޤީކޮށްފައިވާ ޑޮމެސްޓިކް އެއާޕޯޓުގެ 70 އިންސައްތަ ހިއްސާ އާއިއެކު 40 އަހަރު ދުވަހަށް ދީފި ނަމަ އެ އެއާޕޯޓް ބައިނަލްއަޤްވާމީ ފެންވަރަށް ތަރައްޤީ ކުރާނެ ކަމަށް އިންޑިއާގެ ޖީއެމްއާރުކުންފުނިން ބުނެފިއެވެ.
ލަންކާގެ އެވިއޭޝަން މިނިސްޓަރު ވިދާޅުވީ މިކަމަށް ޝައުޤުވެރިކަން ފައުޅުކޮށް ޖީއެމްއާރުން ހުށަހެޅި ޕްރަޕޯސަލް މިހާރު ލިބިފައިވާ ކަމަށެވެ.
މައްތަލަ އެއާޕޯޓަކީ ތަރައްޤީ ކުރުމުން ފައިދާވާނެ ކަމުގެ ފުރިހަމަ ޔަޤީންކަން އޮތް އެއާޕޯޓެކެވެ. ނަމަވެސް އިންވެސްޓްކުރާ އަދަދާއި ދޭންޖެހޭ މުއްދަތާއި ހިއްސާގެ އަދަދަށް ބަލާއިރު މިއީ އެންމެ ރަނގަޅު ޑީލެއް ކަމަށް ނުވާނެކަމަށް ދިރާސާތަކުން ދައްކައެވެ.
މައްތަލަ އެއާޕޯޓް ހުޅުވާފައިވަނީ ރާޖަޕަކްސަ އިންޓަރނޭޝަނަލް އެއާޕޯޓުގެ ނަމުގައި 2013 ވަނަ އަހަރުއެވެ.