ކޮރަޕްޝަނުގެ މައްސަލަތަކާއި ގުޅިގެން މަޤާމުން ދުރުކޮށްފައިވާ ޕާކިސްތާނުގެ ބޮޑުވަޒީރު ނަވާޒް ޝަރީފްގެ ދަނބިދަރި މުހައްމަދު ސަފްދާރު ހައްޔަރުކޮށްފިއެވެ.
އަސްކަރިއްޔާގައި އާމީ ކެޕްޓަނެއްގެ ވަޒިފާ އަދާކޮށްފައިވާ ސަފްދާރު ހައްޔަރުކުރީ ޤައުމުން ބޭރުގައި ހުރުމަށްފަހު ބޭނަޒީރު ބުއްޓޫ އެއާޕޯޓަށް އައިތާ ކުޑަވަގުތުކޮޅެއްގެތެރޭގައި އެންޓި ކޮރަޕްޝަން ބިޔުރޯ އިންނެވެ.
ކޮމިޝަނުން އޭނާ ބަންދުކުރީ ނަވާޒް ޝަރީފާއި އޭނާގެ ދަރިންނާއިމެދު އެކޮމިޝަނަށް ހުށަހެޅިފައިވާ މައްސަލަތަކާއި ގުޅިގެންނެވެ.
ޕާކިސްތާނުގައި އަދިވެސް ވެރިކަން ކުރަނީ ނަވާޒް ޝަރީފުގެ ޕާޓީން ނަމަވެސް ކޮރަޕްޝަނުގެ ކަންތައްތައް ބަލަހްއްޓާ ކޮމިޝަނަކީ ފުރިހަމަ މިނިވަން ކޮމިޝަނެކެވެ. މީހުން ހައްޔަރުކޮށް ތަޙްޤީޤްކުރުމުގެ ބާރުތައް ވެސް ލިބިފައިވާ ކޮމިޝަނެކެވެ.