ރޮހިންޔާ މުސްލިމް އަންހެނުންނަށް ގޯނާކުރުމުގެ 800 މައްސަލަ- ބަންގަލަދޭޝްގައި ވެސް އަނިޔާ- އދ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 36ސ
ރޮހިންޔާ މުސްލިމް އަންހެނުންނަށް ގޯނާކުރުމުގެ 800 މައްސަލަ- ބަންގަލަދޭޝްގައި ވެސް އަނިޔާ- އދ
އުމުރުން އެންމެ 13 އަހަރުގެ އަޖިދާ ގެއިން ނުކުތީ ދަރުކޮޅެއް ހޯދުމަށެވެ. ތަމްކޮޅަކަށް ދިއަތަނާ ބައްދަލުވީ މޫނު ނިވާކޮށްގެންހުރި މީހެކެވެ. އެއް އަތުގައި ރައިފަލެއް އޮތެވެ. އަޖިދާ ވައްޓާލައި ގައި މައްޗަށް އަރައި އޭނާ ކުރަން ބޭނުން ކަންކަން ކުރީ އޭނާއަށް އަނިޔާވެރި ނުވުމަށް އެދި ރޮއި އާދޭސްކުރަމުން ގެންދަނިކޮށެވެ.

އަޖިދާ ބުނަނީ މިހާރު އޭނާއަކީ ތާހިރު އަންހެނެއް ނޫން ކަމަށެވެ. ކައިވެންޏެއް ކުރެވޭނެ ކަމުގެ އުންމީދުވެސް ގެއްލި ހިނގައްޖެ ކަމަށެވެ.
ގަސްތަކެއްގެ ތެރޭގައި އޭނާގެ މަންމަ އާއި ބައްޕަ އެމަންޒަރު ބަލަން ތިބިކަން އޭނާއަށް އެނގެއެވެ. ނަމަވެސް ކުރެވޭނެ އެއްވެސް ކަމެއް ނެތުމުން ފުރާނައަށް ބިރުން ފިލައި ތިބީއެވެ.

މިއީ މިޔަންމާގައި ކަންކަން ހިނގަމުންދިއަ ގޮތެވެ. މިޙާލަތައް ކެތް ނުކުރެވިގެން އެތައް ލައްކަ ރޮހިންޔާ މުސްލިމުން ބަންގްލަދޭޝްއަށް ހިޖުރަކުރީ މިހާލަތައް ކެތް ނުކުރެވިގެންނެވެ. އެންމެ ކުޑަމިނުން ނަފްސްތައް ސަލާމަތްކުރެވޭނެ ކަމުގެ އުންމީދުގައެވެ. އަދި މިހާރުވެސް ހިޖުރަކުރަމުން ގެންދަނީ ހަމަ އެ އުންމީދުގައެވެ.

ކަންތައްތައް ވަމުން ދަނީ ރޮހިންޔާ މުސްލިމުން އުންމީދުކުރި ގޮތަކަށް ނޫނެވެ. އދ އިން ބުނަނީ މިހައިތަނަށް އައިއިރު ރޮހިންޔާ މުސްލިމުންނަށް ގޯނާ ކުރުމުގެ 600 މައްސަލަ ރެކޯޑް ކުރެވިފައިވާ ކަމަށާއި އެއިގެ ތެރެއިން ދެބައިކުޅަ އެއްބައި މައްސަލަތަކަކީ ޖިންސީ ގޯނާކުރުމުގެ މައްސަލަތައް ކަމަށެވެ.

އަނިޔާވެރިކަން ހައްދުފަހަނައަޅާފައިވާ ދަގަނޑު ސޫކީގެ އަނިޔާވެރިކަމަށް ކެތްނުކުރެވިގެން މިފަހަރު ބަންގްލަދޭޝްއަށް ހިޖުރަކުރި މީހުންގެ އަދަދު އެކަނިވެސް ވަނީ ފަސް ލައްކައަށްވުރެ އިތުރުވެފައެވެ. އެއިގެ ތެރެއިން 60 އިންސައްތައަކީ ކުޑަކުދިން ކަމަށް ބެލެވެއެވެ.

ކޭމްޕްތައް ވަނީ ބިރުވެރިކަމުން ފުރިފައެވެ. "އަހަރެމްންއަތަކު އައުރަ ނިވާކުރާނެ ފޭރާމެއްވެސް ނެތް. ވަށައިގެން މިވަނީ ބިރުވެރިކަން. ސަލާމަތްވާން ދާނެ ތަނެއްވެސް ނެތް. މިވާހަކަތައް ދެއްކިކަން އެނގުނު ނަމަވެސް ލިބޭނީ އިތުރު އަނިޔާ." ކަމަށް އެކުދިން ދަނީ ބުނަމުންނެވެ.
މިއަދު އޮންލައިން