ސައުދިއަރަބިޔާއިން އެތައް ހާސް އިމާމުންނާއިމެދު ފިޔަވަޅުއަޅައިފިއެވެ. ޚާރިޖީ ވަޒީރު އަލް ޖުބައިރު ވިދާޅުވީ މިއެންމެންނަކީވެސް މިސްކިތްތަކަށް ނިޞްބަތްވާ ހައްދުފަހަނައަޅާފައިވާ މީހުން ކަމަށެވެ.
ރަސިއާގެ ވެރިރަށް މޮސްކޯގައި ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އަލްޖުބައިރު ވިދާޅުވީ ޓެރަރިޒަމާއި ހައްދުފހަނައަޅައި ދިއުމަށާއި ފިތުނަފަސާދަ އުފައްދައި ބައިބައިކުރުމަށް ސައުދީ ސަރުކާރުން ފުރުޞަތު ނުދޭނެ ކަމަށެވެ.
އަލްޖުބައިރު ވިދާޅުވީ މިފަދަ މައްސަލަތަކަށް ހައްލު ހޯދުމަށްޓަކައި މިހާރު ގެންދަނީ ތައުލީމީ ނިޒާމަށް ބަދަލުތައް ގެންނަމުން ކަމަށެވެ. އަދި ރަސިއާ އާއި ގުޅިގެން ޓެރަރިޒަމާއި ދެކޮޅަށް މަސައްކަތްކުރަން ސައުދިއަރަބިޔާ އޮތީ ތައްޔާރަށް ކަމަށެވެ.
ބައެއް ފަރާތްތަކުން ބުނަމުން ގެންދަނީ ސަސްޕެންޑްކޮށްފައިވަނީ ސައުދީ ސަރުކާރުން ގެންނަމުންދާ ބަދަލުތަކަށް ފާޑުވިދާޅުވާ އިލްމުވެރިން ކަމަށެވެ.