ސައުދީ ބޯޑަރު ހުރަސްކުރަން އުޅުނު 3680 މީހުން ހުއްޓުވައިފި
މިމަސް ފެށި ފާއިތުވި 10 ވަރަކަށް ދުވަހުގެ ތެރޭގައި ޔަމަން- ސައުދީ ބޯޑރު ހުރަސްކުރަން އުޅުނު 3680 މީހުން ހުއްޓުވައިފިއެވެ. ސައުދީ ބޯޑަރު ގާޑުން ބުނެފައިވަނީ އެމީހުން ހުއްޓުވީ ޤަވާއިދާއި ޚިލާފަށް އެތެރެވާން އުޅުނު މީހުން ކަމަށްވާތީ ކަމަށެވެ.
ބޯޑަރ ގާޑުންގެ ކޮމާންޑަރު ބުނީ ޤަވާއިދާއި ޚިލާފަށް ، ވިސާ ނެތި އެއްވެސް ބައަކަށް ސައުދިއަރަބިޔާއަށް އެތެރެނުވެވޭނެ ކަމަށާއި އެގޮތަށް އެތެރެވާނަމަ ހުއްޓުވާނެ ކަމަށެވެ.
ފާއިތުވި 2 އަަހރުތެރޭގައި ސައުދިއަރަބިޔާއިން ވަނީ އެހީގެ ގޮތުގައި ޔަމަނަށް 8.2 ބިލިއަން ޑޮލަރުގެ އެހީތެރިކަން ފޯރުކޮށްދީފައެވެ. މީގެ ތެރެއިން 750 މިލިއަން ޑޮލަރު ޚަރަދުކޮށްފައިވަނީ އިންސާނީ އެހތެރިކަން ފޯރުކޮށްދިނުމަށެވެ.
1994 ވަނަ އަަހރުން ފެށިގެން 2014 ވަނަ އަހރާއި ދެމެދު ސައުދި އަރަބިޔާއިން ވަނީ ޔަމަނަށް 65 ބިލިއަން ޑޮލަރުގެ އެހީތެރިކަން ފޯރުކޮށްދީފައެވެ.