އިންޑިއާގެ ފިލްމީ ބަޠޮލްއަމީތާބްގެ 75 ވަނަ ދުވަސް ފާހަގަކުރަން ޢާއިލާ އާއިއެކު މިއަދު ރާއްޖެ އަތުވެއްޖެއެވެ.
އަމީތާބުގެ އުފަން ދުވަސްވެސް ފާހަގަކުރަން ހަމެޖެހިފައިވަނީ މިދިއަ އަހަރު އަމީތާބުގެ ދަރިފުޅު އަބިޝެކްގެ ވެސް އުފަންދުވަސް ފާހަގަކުރި ވަން އެންޑް އޮންލީ ރީތިރަށް ރިޒޯޓުގައެވެ.
ދާދިފަހުން ރާއްޖޭގައި ބޭއްވި ޑަބްލިޔޫއެޗްއޯގެ ބައްދަލުވުމުގައި ބައިވެރިވުމަށް އަމީތާބް ރާއްޖެ އަންނަން ހަމަޖެހިފައި އޮތް ނަމަވެސް ޞިއްޙީ ހާލަތު ހުރިގޮތުން ވަނީ އާދެވޭ ގޮތް ނުވެފައެވެ. ނަމަވެސް އޭނާގެ ވީޑިއޯ މެސެޖެއް ވަނީ ބައްދަލުވުމުގައި ދައްކައިފައެވެ.
އަމީތާބްގެ އުފަންދުވަސް ފާހަގަކުރަން ރާއްޖެއައުމަށް ނިންމުމުގައި އިސްނަގާފައިވަނީ އޭނާގެ ކާފަ ދަރިފުޅުކަމަށް އިންޑިއާގެ ބައެއް މީޑިއާތަކުން ވަނީ ބުނެފައެވެ.