އެމެރިކާއަށް މިފަހަރު އަލިފާނުގެ ކޯފާ: ކެލިފޯނިއާ ރޯވެ އަނދަނީ- 1500 ގެ އަނދައިފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 31ސ
އެމެރިކާއަށް މިފަހަރު އަލިފާނުގެ ކޯފާ: ކެލިފޯނިއާ ރޯވެ އަނދަނީ- 1500 ގެ އަނދައިފި
އެމެރިކާގައި އެންމެ ގިނަ އަދަދަކަށް ބަނގުރަލުގެ ބާވަތްތައް އުފައްދާ ކެލިފޯނިއާގައި ރޯވެ އަނދަމުން އެބަދެއެވެ. މިހައިތަނަށްވެސް 1500 ގެ އަނދާފައިވާއިރު ޖެހޭ ގަދަ ވައާއިއެކު އަލިފާންގަނޑު އަދިވެސް ދަނީ ބާރަށް ފެތުރެމުންނެވެ.

ވައިގެބާރުމިން 50 މޭލުގައި ހުރުމުން އަލިފާން ކޮންޓްރޯލްކުރަން އެއްވެސް ކަމެއް އަދި ނުކުރެވެއެވެ. 200 މޭލު ސަރަހައްދެއްގެ 14 ސަރަހައްދެއްގައި ވަރަށް ބޮޑަށް އަލިފާން ރޯވެ އަނދަމުންދާ ކަމަށް ރިޕޯޓްތައް ބުނެއެވެ.

ފަހަކަށް އައިސް އެމެރިކާ ވެފައިވަނީ އެންމެ ގިނައިން ތޫފާން އަރާ ޤައުމަށެވެ. ޠޫފާންތަކުގެ ސަބަބުން އެމެރިކާއަށް ދަނީ ބޮޑެތި ގެއްލުންތައް ލިބެމުންނެވެ.
މިއަދު އޮންލައިން