ޔޫކޭ އާއި ޗައިނާ އިން ބަޓަރު ހުސްވެދާނެކަމުގެ ބިރު ހީވެއްޖެ

ކިޔުމަށް ހޭދަވާނީ 34ސ
ޔޫކޭ އާއި ޗައިނާ އިން ބަޓަރު ހުސްވެދާނެކަމުގެ ބިރު ހީވެއްޖެ
ޔޫކޭ އާއި ޗައިނާ އިން ބަޓަރު ހުސްވެދާނެކަމުގެ ބިރުހީވާން ފަށައިފިއެވެ.

ޗައިނާގެ ނޫހެއްކަމަށްވާ ޗައިނާޕްލަސް އިން ބުނެފައިވަނީ އެ ދެ ޤައުމުގައި ބަޓަރު އުފައްދާ ފެކްޓްރީތަކުން ބަޓަރު އުފައްދާ މިންވަރު މިހާރު ވަރަށްބޮޑުތަން ދަށްކޮށްފައިވާ ކަމަށެވެ. އަދި އެކަމުގެ ސަބަބުން ބަޓަރު ވިއްކަމުންދާ އަގު އުފުލިގެންދާނެ ކަމަށެވެ.

ބަޓަރު އުފައްދާ މިންވަރު މަދުވެފައިމިވަނީ އެ ޤައުމުތަކުގައި ކިރު އުފައްދާ މިންވަރުމަދުވުމުގެ ސަބަބުން ކަމަށާއި މިގޮތަށްދާ ނަމަ، ކުރިއަށް އޮތް ވިއްސަކަށް އަހަރުގެ ތެރޭގައި ދުނިޔޭގެ ބާޒާރުން އެއްގޮތަކަށްވެސް ބަޓަރު ނުލިބޭނެ ކަމަށްވެސް އެ ނޫހުން ވަނީ ބުނެފައެވެ.
މިއަދު އޮންލައިން