ދަރިފުޅުގެ ފުރާނަ ސަލާމަތްކުރަން އަތުގަ ހުރި މުދާ ވިއްކަނީ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 2ސ
ދަރިފުޅުގެ ފުރާނަ ސަލާމަތްކުރަން އަތުގަ ހުރި މުދާ ވިއްކަނީ
ދުބާއީގައި ދިރިއުޅޭ ހޮއެލްގެ ދެފަރިންނަށް ލިބުނު 2 ވަނަ ދަރިފުޅަށް ޖެހިފައިވަނީ އުފަންވާ ކޮންމެ 16،000 ކުދިންގެ ތެރެއިން 1 ކުއްޖަކަށް ޖެހޭ ބައްޔެކެވެ.

އެބަލިޖެހޭ ކުދިންގެ ފުއްޕާމެއަށް ގެއްލުންވެއެވެ. ހަށިގަނޑުގެ އެތެރޭގެ ގުނަވަންތަކަށާއި މައި ބަދައަށް ގޮތްތައް ވެއެވެ. ބަލީގެ ބާވަތުން ދުބާއީގެ އެއްވެސް ހޮސްޕިޓަލަކުން ފަރުވާއެއް ނުލިބުނެވެ. ނުރައްކާ ބޮޑުކަމުން ކުރަންޖެހޭ އޮޕަރޭޝަން ކުރަން ފަސްޖެހެނީއެވެ.

ކުއްޖާއަށް ފަރުވާ ދޭން އެއްބަސްވީ ތައިލެންޑުގެ ހޮސްޕިޓަލަކުންނެވެ. އެ ހޮސްޕިޓަލުން މިހާރު ވަނީ އޮޕަރޭޝަން ކޮށްފައެވެ. އޮޕަރޭޝަނަށްފަހު ކުއްޖާއަށް އަންނަނީ ލުއިވަމުންނެވެ.

ޖޮއެލް ބުނަނީ ދޭންޖެހޭ ފަރުވާގެ އަގު ވަރަށް ބޮޑު ކަމަށެވެ. ދަރިފުޅު ސަލާމަތްކުރެވޭނެ ކަމުގެ އުންމީދުވެސް ޑޮކްޓަރުންނަށް ކުޑަ ކަމަށެވެ.

އެހެންކަމާއިއެކުވެސް މާޔޫސް ނުވާ ކަމަށާއި ފަރުވާ އާއި ދުޢާއިން ދަރިފުޅު ރަނގަޅުކުރެވޭނެ ކަމަށް އޭނާ ޔަޤީންކުރާ ކަމަށެވެ.

ޖޮއެލް މިހާރު ގެންދަނީ އޭނާގެ އަތުގައި ހުރި މުދާ އޮންލައިންކޮށާއި ގަރާޖް ސޭލެއް ބާއްވައިގެން ވިއްކަމުންނެވެ. އޭނާ ބުނަނީ މުދާ މާތް ﷲ އަދިވެސް ދެއްވަވާނެ ކަމަށެވެ. ދަރިފުޅަށް ފަރުވާ ކުރަން ބޭނުންވާ ފައިސާ ހޯދަން ކުރެވެން އޮތް ކޮންމެ ކަމެއް ކުރާނެ ކަމަށެވެ.
މިއަދު އޮންލައިން