އުމުރުން 4 އަހަރުގެ ދަރިފުޅަށް ކެންސަރު ޖެހިފައިވާކަން އެނގުމުން ގޮތް ހުސްވެ ތިބި ހޮޓަލުގެ 6 ވަނަ ބުރީގެ ކޮޓަރިއެއްގެ ކުޑަދޮރުން ބޭރަށް އެއްލާލުމަށްފަހު މަންމަ ފަހަތުން ފުންމާލައިފިއެވެ.
ދުބާއީގައި ހިނގި މިހާދިސާ އާއި ގުޅިގެން ފުލުހުން ބުނެފައިވަނީ މައްސަލަ ރިޕޯޓްކުރުމުން ދިއައިރު ދެމައިންވެސް ވަނީ ވެއްޓި މަރުވެފައި ކަމަށެވެ.
ފުލުހުން ބުނީ މިކަމުގައި ޖިނާޢީ އެއްވެސް ކަމެއް ހިނގާފައިވޭތޯ ބަލާފައިވާ ކަމަށާއި އެފަދަ އެއްވެސް ކަމެއް ހިނގާފައި ނުވާ ކަމަށެވެ. ހޮޓަލުގެ ކޮޓަރިން ފެނުނު ލިޔުންތަކުން އެކަން ކުރީ ދަރިފުޅަށް ކެންސަރުޖެހުނުކަން އެނގުމުން މަންމަ އަށް ކުރިމަތިވި ނަފްސާނީ މައްސަލަތަކެއްގެ ސަބަބުންކަން އެނގޭ ކަމަށެވެ.