އަމިއްލަ ފުރާނައާ ކާރަށް ބެލުމެއްނެތި، އަނދަމުން ދިއަ ކާރެއް ދުރައްޖައްސައި ބޮޑު ހުޅަކުން ސަލާމަތްކޮށްފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 48ސ
އަމިއްލަ ފުރާނައާ ކާރަށް ބެލުމެއްނެތި، އަނދަމުން ދިއަ ކާރެއް ދުރައްޖައްސައި ބޮޑު ހުޅަކުން ސަލާމަތްކޮށްފި

ސައުދިއަރަބިޔާގެ ތަޔޮ ޕަމްޕަކުން ޕެޓްރޯލް އަޅަމުން ދަނިކޮށް ރޯވެ އަނދަމުން ދަނިކޮށް މީހަކު ކާރުގައި އައިސް އޭނާގެ ވެހިކަލުން އަނދަމުން ދިއަ ކާރުގައި ޖައްސައި ކޮއްޕާ ދުރަށް ގެންގޮސް ހިނގައިފާނެ ބޮޑުހުޅުގެ ހާދިސާއަކުން ސަލާމަތްކޮށްފިއެވެ.




އޭނާ ބުނީ އޭނާ އެތަނަށް ދިއައީ ގިނަ ބައަކު އެއްވެގެން އުޅޭތަން ފެނުމުން ކަމަށެވެ. އެއިރު އެމީހުން ދިއައީ އަލިފާން ނިއްވުމަށާއި ކާރު ދުރަށް ޖައްސަން މަސައްކަތްކުރަމުންކަމަށެވެ.
"ކާރުގަ އެއިރު ވަނީ ވަރަށް ބޮޑަށް ރޯވެފަ. އެހެންކަމުން ޕަމްްޕް ސްޓޭޝަނުގައި ރޯވުމުގެ ފުރުޞަތުވެސް ވަރަށް ބޮޑު. އެހެން ވެއްޖެނަމަ މުޅި ސަރަހައްދަށް އަލިފާން ފެތުރި ބޮޑު ހުޅަކަށްވެގެންދާނެ. އެހެންވެ ބިރު ކަނޑާލާފައި ކާރު ކޮއްޕައި ދުރަށް ޖެއްސި." އޭނާ ބުނެފައިވެއެވެ.


އޭނާ ކުރަން ކުރި މަސައްކަތުގައި އޭނާގެ ކާރުގައި ރޯވުމުގެ ފުރުޞަތުވެސް އޮތެވެ. އެކަމަށް ވެސް ނުބަލައި އޭނާކުރި ހިތްވަރުގަދަ މަސައްކަތަށް ގިނަ ބައަކު ދަނީ ތައުރީފްކުރަމުންނެވެ.
މިއަދު އޮންލައިން