ސައުދީ ވަލީ އަހުދު، ހޮނިހިރު ދުވަހު މަރުވި ގާޑެއްގެ ބައްޕައަށް ގުޅުއްވައި އޭނާގެ ދަރިއަކަށް ވާން ބޭނުން ކަމަށް ވިދާޅުވެއްޖެ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 41ސ
ސައުދީ ވަލީ އަހުދު، ހޮނިހިރު ދުވަހު މަރުވި ގާޑެއްގެ ބައްޕައަށް ގުޅުއްވައި އޭނާގެ ދަރިއަކަށް ވާން ބޭނުން ކަމަށް ވިދާޅުވެއްޖެ
ސައުދީ ވަލީ އަހުދު މުޙައްމަދު ބިން ސަލްމާން، ހޮނިހިރު ދުވަހު އަލްސަލާމް ގަނޑުވަރަށް ދިން ޓެރަރިސްޓް ހަމަލާގައި މަރުވި ސެކިޔުރިޓީ ގާޑެއްގެ ބައްޕައަށް ފޯނުން ގުޅުއްވައި އޭނާގެ ދަރިއަކަށް ވެވަޑައިގަންނަވަން ބޭނުންފުޅުކަމަށް ވިދާޅުވެއްޖެއެވެ.

ފައިސަލް އަލްސުބޭގެ ބައްޕައަށް މުޙައްމަދު ކުރެއްވި ކޯލުގައި އެގޮތަށް ވިދާޅުވީ "އަހަރެންގެ ދަރިފުޅަކީ ޤައުމާއި ދީނަށް އަދި ރަސްގެފާނަށް ވަފާތެރިކަންމަތީގައި އަބަދުވެސް ސާބިތުވެހުރި ދަރިއެއް" ކަމަށް ބައްޕަ ބުނުމުންނެވެ.

މުޙައްމަދުގެ މި ބަސްފުޅުން އެނގިގެން ދިއައީ އޭނާގެ ދަރިފުޅު މަރުވި ނަމަވެސް ދަރިއަކު ފަދައިން ޢާއިލާގެ ކަންތައްތައް އެމަނިކުފާނު ބަލަހައްޓަވާނެ ކަމެވެ.

މުޙައްމަދު ވިދާޅުވީ ޤައުމާއި ދީނުގެ ހައްޤުގައި ކެރިގެން ކުރިމަތިލައި ޖިހާދުކުރާ މުޖާހިދުންގެ އަގު އެމަނިކުފާނާއި ސައުދީ ސަރުކާރުން އަބަދުވެސް ވަޒަންކުރާނެ ކަމަށެވެ.

މިއަދު އޮންލައިން