ސޫދާންގެ ޑިޕޮލޮމެޓަކު ނިޔުޔޯކުގެ ބާއެއްގަ އަންހެނަކާ އޮޅުލައިގަތުމުން ބަންދުކޮށްފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 34ސ
ސޫދާންގެ ޑިޕޮލޮމެޓަކު ނިޔުޔޯކުގެ ބާއެއްގަ އަންހެނަކާ އޮޅުލައިގަތުމުން ބަންދުކޮށްފި
ސޫދާނުން އެމެރިކާއަށް ކަނޑައަޅާފައިވާ ޑިޕޮލޮމެޓަކު އެމެރިކާގެ ބާއެއްގައި އަންހެނަކާ އޮޅުލައިގަތުމުން ބަންދުކޮށްފިއެވެ.

މިއަމަލު ހިންގީ އުމުރުން 36 އަހަރުގެ ޙަސަން ޞާލިޙް އެވެ.

އުމުރުން 23 އަަހަރުގެ އަންހެން ކުއްޖާ މައްސަލަ ރިޕޯޓްކުރުމުން ފުލުހުން އައުމާއި ގުޅިގެން ހަސަން ވަނީ ފިލަން އުޅެފައެވެ. ނަމަވެސް ފުލުހުން ވަނީ އޭނާ އަތުލައިގެންފައެވެ.

ސޫދާނުން ބުނީ އެމެރިކާގެ ފުލުހުން ހަސަން ހައްޔަރުކުރި މައްސަލަ ބަލަމުން ގެންދާ ކަމަށެވެ.

މުސްލިމުންގެ ނަން ޚަރާބުކުރުމަށް ވެސް އެމެރިކާއިން މިފަދަ ކަމެއް ކޮށްފާނެއެވެ. ނަމަވެސް ހަސަނަކީ މުސްލިމަކަށްވާއިރު ދަންވަރު 2:30 ހައިއިރު ބާރ އަކަށް ގޮސް އަންހެނަކާއި ގުޅުން ހިނގަންވީ ސަބަބަކީ މައްސަލައެކެވެ.

މިއަދު އޮންލައިން