ޗައިނާގައި ފުލުހުންގެ ގޮތުގައި ރޮބޮޓް ބޭނުންކުރަން ފަށައިފިއެވެ.
އެޤައުމުން "ރޮބޮޓް ޕޮލިސް" ބޭނުން ކުރަން ނިންމާފައިވަނީ ގިނަ މީހުން އެއްވެފައިވާ ތަންތަނުގެ އަމަން އަމާންކަން ބެލެހެއްޓުމަށެވެ. އަދި މިބާވަތުގެ "ރޮބޮޓް ފުލުހުން" ގެ ބޭނުން އެންމެފުރަތަމަ ކޮށްފައިވަނީ އެ ޤައުމުގައި ފާހަގަކުރާ ހަފްތާބަންދުގައި ފާހަގަކުރި "ގޯލްޑެން ވީކް" ހަރަކާތްތަކުގައެވެ.
މި ރޮބޮޓްތައް ފަރުމާކޮށްފައިވާގޮތުން އެއްވެފައިވާ މީހުންނަށް ދޭން ބޭނުންވާ ތަފާތު މެސެޖުތައް ފޯރުކޮށްދެއެވެ. އަދި ކިޔޫފަދަ އެއްޗެއް ހަދަންޖެހިއްޖެނަމަ، އެކަމަށް އިރުޝާދުވެސް ދޭނެއެވެ.
މިފަދަ ރޮބަޓް އެ ޤައުމުގެ އެއަރޕޯޓުތަކުގައިވެސް ބޭނުންކުރުމަށް މިހާރު ވަނީ ނިންމާފައެވެ.