ކުރުދީންގެ މިނިވަން ދައުލަތެއް ޤާއިމުކުރަން ނެގި ވޯޓު ނެގުމުގެ ކަންކަން އިންތިޒާމުކުރަން އިސްކޮށް އުޅުނު އެންމެން ހައްޔަރުކުރަން އިރާޤުގެ ކޯޓަކުން އަމުރުނެރެފިއެވެ.
ކުރުދީންގެ މިނިވަން ދައުލަތެއް ޤާއިމުކުރަން މީގެ ދެ ހަފްތާއެއް ކުރިން ނެގި ވޯޓުގައި ބޮޑު އަޣްލަބިއްޔަތެއް ތާއީދުކޮށްފައިވަނީ މިނިވަން ދައުލަތެއް ޤާއިމުކުރުމަށެވެ. ނަމަވެސް އިރާޤުން ބުނީ އެއީ ޤަނޫނާ ޚިލާފަށް ހިންގި ޖިނާޢީ ކުށެއް ކަމަށެވެ.
ވޯޓުލާން އުޅުނު އިރުވެސް އިރާޤުގެ ސަރުކާރުން ވަނީ އެއީ ކުށެއް ކަމަށް ކަނޑައަޅައިފައެވެ. ކުރުދިސްތާނަކީ ތެލުގެ ގޮތުން އެންމެ މުއްސަނދި ސަރަހައްދުކަމަށްވުމުން އެ ސަރަހައްދުގައި މިނިވަން ދައުލަތެއް ޤާއިމުކުރުމަކީ އިރާޤުން ފުރުޞަތު ދޭނެ ކަމެއް ނޫނެވެ.