ސައުދީގައި އިސްލާމީ ޝަރީޢާ ޤާއިމުކުރާތީ މައްސަލައެއް ނެތް އިރު ރާއްޖެއާ ޖައްސަނީ ހަމަ އެ މައްސަލަތަ"
އިސްލލާމީ ޝަރީއާ ތަންފީޒުކުރުމަށް އީޔޫ ޕާލަމެންޓުގެ މައްސަލައެއް ނެތް ކަމަށާއި ސައުދިިއަރަބިޔާ އާއި އީޔޫ އާއި ދެމެދުގައި އޮތީ ވަރަށް ގުޅުމެއް ކަމަށް ސައުދިއަރަބިޔާއިން ބުނެފިއެވެ.
ސައުދިއަރަބިޔާއިން މިމޭރުމުން ބުނެފައިވަނީ ސައުދީ ޕާލަމެންޓްރީގެ އިސް ވަފުދެއް ބްރަސަލއަށް ޒިޔާރަތްކޮށް އީޔޫ ޕާލަމެންޓްގެ މެންބަރުންނާއިއެކު ބޭއްވެވި ބައްދަލުކުރެއްވުންތަކަށްފަހުއެވެ.، ޕްރިންސް ޚާލިދު ބިން ޢަބްދުﷲ ބިން މިޝާރީ އިސްވެހުންނވި ސައުދީ ވަފުދުގައި 7 މެންބަރުން ހިމެނިވަޑައިގެންނެވިއެވެ.
ސައުދީ ވަފުދުން ބުނެފައިވަނީ ސައުދިއަރަބިޔާ އާއި ޔޫރަޕުގެ ޤައުމުތަކާއި އޮތީ ވަރަށް ގާތ ގުޅުމެއް ކަމަށް އީޔޫ ޕާލަމަެންޓުގެ މެންބަރުން ޤަބޫލުފުޅު ކުރައްވާ ކަމަށެވެ. އަދި ހުރިހާ ދާއިރާތަކުން ސައުދިއަރަބިޔާ އާއިއެކު ގުޅުން ބަދަހިކުރުމުގެ ޝައުޤުވެރިކަން ފައުޅުކުރި ކަމަށެވެ.
"އީޔޫ ޕާލަމެންޓް މެންބަރުންވެސް ކަންބޮޑުވާ ކަމަކީ މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމަތާއި ހަމަނުޖެހުންތައް. ސައުދިއަރަބިޔާއިން މިގެންދަނީ އެމައްސަލަތައް ހައްލުކުރަން ވަރަށް ބޮޑަށް މަސައްކަތްކުރަމުން." ކަމަށްވެސް ޕްރިންސް ވަނީ ވިދާޅުވެފައެވެ.
ކަންމިހެން ހުރި ނަމަވެސް އީޔޫ ޕާލަމެންޓުން ޑާދިފަހުން ރާއްޖެ އާއިމެދު ފާސްކުރި ޤަރާރާއި ގުޅިގެން ސަރުކާރުގެ ބައެއް ވެރިން ވިދާޅުވަމުން ގެންދަވަަަނީ އީޔޫ ޕާލަމެންޓުން އެންމެ ބޮޑަށް ކަންބޮޑުވާ ކަމަކީ ރާއްޖޭގައި އިސްލާމީ ޝަރީޢާ ތަންފީޒުކުރަން މަސައްކަތްކުރުން ކަމަށެވެ. ޚާއްޞަކޮށް މަރުގެ އަދަބު ދިނުމަށް ނުވަތަ ޤިޞާޞް ހިފުމަށް މަސައްކަްތ ކުރާތީ ކަމަށެވެ.
ޜާއްޖެއާއިމެދު ހުށަހެޅި ޤަރާރަށް އީޔޫ ޕާލަމެންޓުގައި ކުރި ބަހުސްގައި ބައެއް މެންބަރުން ވިދާޅުވެފައިވަނީ މަރުގެ އަދަބު ދޭން ރާއްޖެއިން ފަށާނަމަ އެއިގެ ކުރިން ޝަރުޢީ ދާއިރާ އިޞްލާޙްކޮށް މިނިވަންކުރަންޖެހޭނެ ކަމަށެވެ. ޝަރީއަތްތައް ކުރެވެންޖެހޭނީ އަދުލުވެރިކަމާއިއެކުގައި ކަމަށެވެ.
ރާއްޖޭގައި ފަހަކަށް އައިސް ސިޔާސީ ލީޑަރުންގެ މައްޗަށް ހިންގި ޝަރީއަތްތައް ހިންގާފައިވަނީ އިންށާފުން ނޫންކަން ބައެއް މެންބަރުން ވަނީ ފާހަގަކޮށްފައެވެ. އެ ގޮތުން ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހީމްގެ މައްޗަށް ހިންގި ޝަރީޢަތާއި ކާނަލް ނާޒިމުގެ މައްސަލައިގައި މިހާރު ލިބފައިވާ ހެކިތަކުގެ މައްސަލަ ނުބަލާކަން ފަދަ މައްސަލަތައް ވަނީ ފާހަގަކޮށްފައެވެ.