"ކަލޭމެން ޤައުމު ދޫކޮށް އެމެރިކާއަށް އައިސް ތިދަނީ މުޅި އެމެރިކާ ހަލާކުކުރަމުން. ބަނގުރަލާ އޫރުމަހުގެ ވިޔަފާރިތައް ކުރަމުން. ކަލޭމެންވެސް މަރުވާނެ. މާތް ﷲ ގެ ހަޟްރަތާ ކުރިމަތިލާންޖެހޭނެ. ދޭނީ ކޮން ޖަވާބެއް؟"
އެމެރިކާގައި ކުށްތައް އެންމެ ގިނަ ޗިކާގޯގައި އެކަނިވެސް އެމެރިކާއަށް ހިޖުރަކޮށްފައިވާ އަރަބި މުސްލިމުން ހިންގާ 35،000 އަށްވުރެ ގިނަ ބަނގުރާ ވިއްކާ ބާތައް އެބަހުއްޓެވެ.
ޚަބަރުގައ ބުނެފައިވާ ގޮތުގައި ޗިކާގޯގައި އިސްލާމް ދީން މަތިވެރިކުރަން މަސައްކަތްކުރާ މުސްލިމުން އަރަބިން ހިންގާ ބާރަތަކަށް ގޮސް ޒުވާބުކުރެއެވެ. މުސްލިމް އިމާމުން ވިދާޅުވަނީ ކަލޭމެން ޤައުމު ދޫކޮށް އެމެރިކާއަށް އައިސް ބަނގުރަލާއި އޫރުމަހާއި އެނޫންވެސް ހަރާމްތަކެތި ވިއްކައި މުއްސަނދިވަމުންދާއިރު ޗިކާގޯގެ ރައްޔިތުންނަށް ދަނީ ބޮޑެތި ގެއްލުންތައް ލިބެމުން ކަމަށެވެ. އެކަމުގެ ސަބަބުން ގޭންގުތައް އުފެދި ކުށްކުރުން ދަނީ އިތުރުވަމުން ކަމަށެވެ. މުސްލިމުން ދަނީ މަގުފުރެދެމުން ކަމަށެވެ.
ރައްދުގައި ބަނގުރަލަކީ މަސްތުވާ ތަކެތި ނޫން ކަމަށްވެސް އަރަތްބަކު ބުނެއެވެ.
އެމެރިކާގެ ޖަލުތަކލުގައި ތިބި ޤައިދީންގެ ކޮންމެ ތިން މީހަކުން އެކަކީ އިސްލާމްވެފައިވާ މީހެކެވެ. ޤައިދީން ބުނަނީ މަސްތުވާ ތަކެއްޗާއި ބަނގުރަލާއި އަދި އެހެން ކުށްތަކާއި ދުރުހެލިވެވޭނީ އިސްލާމްވެގެން ކަމަށެވެ.
އެމީހުންނަކީ ގޭންގުތަކާއި ގުޅިގެން ކުށްތައް ކުރަމުން އައި މީހުންނެވެ. އިސްލާމް ދީނުގެ މަތިވެރިކަން އަންގައި ދިނުމަށް ޖަލުތަކުގައި ބޮޑެތި މަސައްކަތްތައް ކުރެއެވެ. މުޅި އެމެރިކާގައި ވެސް އެންމެ ބާރަށް ފެތުރެމުންދަނީ އިސްލާމް ދީނެވެ.