18 އަހަރުން ދަށުގެ ކުދިންނާ ކައިވެނިކުރުމަކީ ރޭޕްކުރުން- އިންޑިއާ އިން ހޯދި ބޮޑުކުރިއެރުމެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 55ސ
18 އަހަރުން ދަށުގެ ކުދިންނާ ކައިވެނިކުރުމަކީ ރޭޕްކުރުން-  އިންޑިއާ އިން ހޯދި ބޮޑުކުރިއެރުމެއް!
އުމުރުން 18 އަހަރު ނުފުރޭ ކުދިންނާއި ކައިވެނިކުރުމަކީ ރޭޕްކުރުން ކަމަށާއި 15 އަހަރު ފުރުނު ނަމަވެސް ކައިވެނިކުރެވޭނީ އަދި އެންގޭޖްވެސް ވެވޭނީ 18 އަހަރު ފުރުމުން ކަމަށް އިންޑިއާގެ ސްޕްރީމް ކޯޓުން ނިންމައިފިއެވެ.

ސްޕްރީމް ކޯޓުގެ މި ނިންމުމާއި ގުޅިގެން ގިނަ ބައަކު ދަނީ އުފާ ފައުޅުކުރަމުންނެވެ. ގިނަ ބައަކު ބުނަނީ މި ނިންމުމުގެ ސަބަބަބުން އެތައް މިލިއަން ކުޑަކުދިން ސަލާމަތް ކުރެވޭނެ ކަމަށެވެ. އަދި ކިޔެވުމުގެ ފުރުޞަތުވެސް ލިބިގެންދާނެ ކަމަށެވެ.

އުމުރުން ވަރަށް ހަގު އިރު ކައިވެނިކޮށްދިނުމަކީ އިންޑިއާގައި ވަރަށް ގިނައިން ކުރަމުން އަންނަ ކަމަށެވެ. ފަޤީރުކަން ބޮޑުވުމުން ކުޑަ އަގެއްގައި އަންހެން ދަރިން ވިއްކައިލައެވެ. ކައިވެނިކޮށްދިނުމުގެ ނަމުގައެވެ.

ދާދިފަހުން އުމުރުން 12 އަހަރުގެ ކުއްޖަކު 3 ގެރިއަށް ވިއްކައިލި މައްސަލައެއްވެސް ވަނީ ފެންމަތިވެފައެވެ. އެކުއްޖާވެސް ވިއްކައިލީ ކައިވެނިކޮށްދިނުމަށްފަހުގައެވެ.

އިންޑިއާގައި ކައިވެނި ކުރެވޭ އުމުރަކީ މިހާރުވެސް 18 އަހަރެވެ. ނަމަވެސް 24 އަހަރާއި 20 އަހަރާއިދެމެދުގެ ކައިވެނިކޮށްގެން ތިބި އަންހެނުންގެ މެދުގައި ހެދި ދިރާސާއަކުން އެނގުނު ގޮތުގައި 25 އިންސައްތަ އަންހެން ކުދިން ކައިވެނިކޮށްފައިވަނީ 18 އަހަރުން ދަށުގައެވެ.
މިއަދު އޮންލައިން