ކެލިފޯނިއާގަ ފެތުރެމުންދާ އަލިފާންގަނޑު ބާރުގަދަ ޓްރަމްޕާ އެމެރިކާ ގޮތްހުސްކޮށްލައިފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 51ސ
ކެލިފޯނިއާގަ ފެތުރެމުންދާ އަލިފާންގަނޑު ބާރުގަދަ ޓްރަމްޕާ އެމެރިކާ ގޮތްހުސްކޮށްލައިފި
އެމެރިކާގައި ބަނގުރަލުގެ ބާވަތްތައް އުފައްދާ ކެލިފޯނިއާގައި ރޯވި އަލިފާންގަނޑުގެ ސަބަބުން 69،000 ހެކްޓަރުގެ ބޮޑު ސަރަހައްދެއް އަނދައިފިއެވެ. ބުދަ ދުވަހު ބުނެފައިވަނީ 21 މީހުން މަރުވެފައިވާ ކަމަށާއި އެތައް ސަތޭކަ ބައަކަށް ވީގޮތެއް ނުއެނގޭ ކަމަށެވެ.

އާދިއްތަ ދުވަހުގެ ރެއިން ފެށިގެން ރޯވެ އަނދަމުންދާ ސަރަހައްދުން އަދިވެސް އަލިފާން ކޮންޓްރޯލެއް ނުވެއެވެ. އަލިފާން ނިއްވާ ސިފައިން ބުނަނީ ވައިޖެހޭލެއް ބާރުކަމުން އަލިފާންގަނޑު ކޮންޓްރޯލްކުރަން އަދި ހަމަ އެއްވެސް ކަމެއް ނުކުރެވޭ ކަމަށެވެ. ދަމާފައިވާ ކަރަންޓް ލޭނުނަރުތަކުގައި ރޯވެ އަނދަމުންދާކަންވެސް ސިފައިން ފާހަގަކުރެއެވެ. ސަރަހައްދުން މިހާރުވަނީ އެކުގައި ކަރަންޓު ކެނޑިފައެވެ.

ބައެއް ގެތަކުގައި ރޯވީ މީހުން ނިދާފައި ތިއްބައެވެ. އެގެތަކުން މީހުންނަށް ނުކުމެވުނުކަން ޔަޤީނެއް ނޫނެވެ. އެކި ގޭގެއިން ނުކުތް 20،000 މީހުން ވަނީ ސަލާމަތް ސަރަހައްދުތަކަށް ގެންގޮސްފައެވެ.

ކޮންމެ ޠޫފާނަކާއި ގުޅިގެން ޓްރަމްޕް ބުނަނީ އޭނާ ހުރީ ތައްޔާރަށް ކަމަށެވެ. ނަމަވެސް މިފަހަރު ގޮތް ހުސްވެ ހަތަރު އުދަރެސް ފެނުޖެހިފައިވާތީ އަދި ބަހެއް ނުބުނެއެވެ.
މިއަދު އޮންލައިން