މަސްޖިދުލްއަޤްޞާއަށް އަތްގަދަކުރުމުގެ ފުރުޞަތު އިޒްރޭލަށް ނުދޭތީ އެމެރިކާ ޔުނެސްކޯ ިއން ވަކިވަނީ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 55ސ
މަސްޖިދުލްއަޤްޞާއަށް އަތްގަދަކުރުމުގެ ފުރުޞަތު އިޒްރޭލަށް ނުދޭތީ އެމެރިކާ ޔުނެސްކޯ ިއން ވަކިވަނީ!
މުސްލިމުންގެ 3 ވަނަ ޙަރަމްފުޅު، މަސްޖިދުލްއަޤްޞާ، އިޒްރޭލުގެ ބާރުގެ ދަށަށް ގެންގޮސް އެތަނަށް އަތްގަދަކުރުމުގެ ފުރުޞަތު ޔުނެސްކޯ އިން އިޒްރޭލަށް ނުދިނުމުން ޔުނެސްކޯއިން ވަކިވަން އެމެރިކާ ނިންމައިފިއެވެ.

އެމެރިކާގެ އޮފިޝަލުން ވަނީ އެކަން ހާމަކޮށްފައެވެ. އަދި ޔުނެސްކޯއަށްވެސް އަންގައިފައެވެ. ބެލެވޭގޮތުން މިއަހަރު ނިމުމުގެކުރިން އެމެރިކާ ޔުނެސްކޯއިން ރަސްމީކޮށް ވަކިވާނެއެވެ.

އެމެރިކާއިން ބުނަނީ ޔުނެސްކޯއިން ކަންކަން ނިންމަނީ އިޒްރޭލަށް ގެއްލުންވާ ގޮތަށް ކަމަށެވެ. އެމެރިކާއިން އެބުނަނީ އިޒްރޭލު ބޭނުންވާ ގޮތަށް އިޒްރޭލުގެ ބާރުގެދަށަށް މަސްޖިދުލްއަޤްޞާ ގެންދަން ޔުނެސްކޯ އިން ތާއީދުނުކުރާ ވާހަކައެވެ.

ޔުނެސްކޯއިން ބުނެފައިވަނީ މަސްޖިދުލްއަޤްޞާއަކީ މުސްލިމުންގެ ތަރިކައެއް ކަމަށާއި އެތަރިކަ ހިމާޔަތްކޮށް ބެލެހެއްޓުމުގެ ފަލަސްޠީނަށް ލިބެންޖެހޭނެ ކަމަށެވެ.

ޔުނެސްކޯއިން ބުނީ އެ ޖަމިއްޔާއިން އެމެރިކާ ވަކިވުމަކީ އދގެ އޮނިގަނޑަށްވެސް ލިބޭ ބޮޑު ގެއްލުމެއް ކަމަށެވެ. އެމެރިކާއިން ދެމުން އަންނަ ޗަންދާ ނުލިބޭތީ މިހާރުވެސް މާލީ ދަތިތައް ކުރިމަތިވެފައިވާ ކަމަށެވެ.
މިއަދު އޮންލައިން