ޗައިނާގެ ހައިވާނު ބަގީޗާއެއްގަ އަނަރޫފަވެފަ އޮތް ޕެންޑާއެއް ފެނުމުން އެތަނަށް ވަން މީހުން ރުޅިގަދަވެއްޖެ

ކިޔުމަށް ހޭދަވާނީ 32ސ
ޗައިނާގެ ހައިވާނު ބަގީޗާއެއްގަ އަނަރޫފަވެފަ އޮތް ޕެންޑާއެއް ފެނުމުން އެތަނަށް ވަން މީހުން ރުޅިގަދަވެއްޖެ
ޗައިނާގެ ހައިވާނު ބަގީޗާއެއްގަ އަނަރޫފަވެފަ އޮތް ޕެންޑާއެއް ފެނުމުން އެތަނަށް ވަން މީހުން ރުޅިގަދަވެއްޖެއެވެ.

އެ ޤައުމުގެ ޒިއާން އޮންލިންގ ވައިލްޑް ޒޫ ގައި އޮތް މި ޕެންޑާ އެތަނަށް ވަން މީހުންނަށް ފެނުމުން ރުޅިގަދަވެގެން ވަނީ އެތަނުގައި އަޑުގަދަކޮށްފައެވެ. އަދި އެ ބަގީޒާ ބަލަހައްޓާ މީހުން އެ ޕެންޑާއަށް ކާންނުދީ ބާއްވާފައިވާކަމަށްވެސް އެމީހުން ވަނީ ތުހުމަތުކޮށްފައެވެ.

އެހެންނަމަވެސް ހައިވާނު ބަގީޗާ ބަލަހައްޓާ މީހުން ބުނީ އެ ޕެންޑާއަކީ ވަރަށް ބަލި އެއްޗެއް ކަމަށެވެ. އަދި އެ ޕެންޑާ ބަލިވެ އުޅޭތާ ދެތިން މަސް ވެދާނެ ކަމަށެވެ.
މިއަދު އޮންލައިން