ޓީޗަރުންގެ އަގު ވަޒަންކުރުމުގެ ގޮތުން 7.5 ލައްކަ ޓީޗަރުންގެ މުސާރަ ބޮޑުކޮށްފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 28ސ
ޓީޗަރުންގެ އަގު ވަޒަންކުރުމުގެ ގޮތުން 7.5 ލައްކަ ޓީޗަރުންގެ މުސާރަ ބޮޑުކޮށްފި
ޓީޗަރުންގެ އަގު ވަޒަންކުރުމުގެ ގޮތުން އިންޑިއާގެ ޔުނިވަރސިޓީތަކުގައި ކިޔަވައިދޭ 7.58 ލައްކަ ޓީޗަރުންގެ މުސާރަ ބޮޑުކޮށްފިއެވެ. ވަޒީރުންގެ މަޖިލީހުން ބުދަ ދުވަހު ނިންމާފައިވަނީ 10،000 ރުޕީސް އާއި 50،000 ރުޕީސް އާއި ދެމެދުގެ އަދަދުތަކުން މުސާރަ ބޮޑުކުރުމަށެވެ.

މިކަމުގެ ފައިދާ ޔުނިވަރސިޓީތަކުގައި ކިޔަވައިދޭ ޓީޗަރުންގެތެރެއިން 29 އިންސައްތަ ޓީޗަރުންނަށް ކުރާނެ ކަމަށް ޚަބަރުގައި ބުނެއެވެ. މި ބަދަލު ގެނައުމަށް ހަމަޖެހިފައިވަނީ 1 ޖަނަވަރީ 2016 އިން ފެށިގެން ކަމަށްވާތީ އިނާޔަތްލިބޭ ޓީޗަރުންނަށް 2 އަހަރުގެ ބޯނަސްއެއް ލިބޭނެއެވެ.

މިކަމުގެ ފައިދާ 370 ވަރަކަށް ޔުނިވަރސިޓީގެ ޓީޗަރުންނަށް ލިބޭނެއެވެ.
މިއަދު އޮންލައިން