މިއަހަރުގެ ޕީސްރަން ބާއްވައިފި

ކިޔުމަށް ހޭދަވާނީ 54ސ
މިއަހަރުގެ ޕީސްރަން ބާއްވައިފި
ކޮންމެއަހަރަކުވެސް ބާއްވަމުން އަންނަ ޕީސްރަން ރާއްޖޭގައި މިއަހަރުވެސް ބާއްވައިފިއެވެ.

މި ރަން އޮތީ މިއަދު ހަވީރު 16:00 ން 18:00 އަށް ރަސްފަންނުސަރަހައްދުގައެވެ. މި ރަންގައި ގިނަ ޢަދަދެއްގެ މީހުން ވަނީ ބައިވެރިވެފައެވެ.



އެގޮތުން މާލޭގައި ދުވާ އެކިޖަމާޢަތްތަކާއި ގްރޫޕުތަކާއި އެސޯސިއޭޝަންތައް އަދި ސަރުކާރުގެ މުއައްސަސާތަކުންނާއި އަމިއްލަ ފަރުދުންގެ ގިނަ ބަޔަކުވެސް ވަނީ ބައިވެރިވެފައެވެ.

މި ރަންގައި ދުވި ކޮންމެ ބައިވެރިއަކަށް ޓީޝާޓެއް ދީފައިވާ އިރު، ފަންޑް ރައިސިންގ ހަރަކާތެއްގެ ގޮތުގައި މެޑެލް އާއި އާރމް ބޭންޑު ވަނީ ވިއްކާފައެވެ. މެޑެލްއެއް 100 ރުފިޔާއަށް އަދި އާރމް ބޭންޑެއް ވިއްކާފައިވަނީ 30 ރުފިޔާއަށެވެ.



ޕީސްރަންއަކީ ޕީސް މެސެޖު ނުވަތަ ހަމަހިމޭންކަމުގެ މެސެޖު މުޖުތަމަޢަށް އަހުލުވެރި ކުރުވުމަށާއި އެކުވެރިކަމާއެކު އެއްބައިވަންތަ ކަމާއެކު އެއްތަނަކަށް އެއްވެ، މިކަހަލަ ކަމެއްގައި ބައިވެރިވުމަކީވެސް ހަމަހިމޭންކަމަށް ލިބޭ އެއްބާރުލުމަކަށް ވާތީ އެކަން އަންގައިދިނުމުގެ މަޤުޞަދުގައި ބާއްވާ ދުވުމެކެވެ.



މިއަހަރުގެ ޕީސްރަންގެ ޝިޢާރަކީ "ޕީސް އިޒް ޕޮސިބަލް" އެވެ.
މިއަދު އޮންލައިން