އިޤްޠިޞާދީ ގޮތުން ކުރިއަރައިދިއުމަށްޓަކަިއ ޤައުމުތަކުން ގެންދަނީ އެ ޤައުމަކަށް ކުރެވެން އޮތް ކޮންމެ ކަމެއް ކުރަމުންނެވެ.
އެގޮތުން އެންމެ މުއްސަނދި ޤައުމުތަކުގެ ތެރޭގައި ހިމެނޭ ޤައުމުތަކުންވެސް ގެންދަނީ އެހެން ޤައުމުތަކުގެ އިންވެސްޓަރުން ޝައުޤުވެރިކުރުވުމަށްޓަކައި އެ ޤައުމެއްގައި ކުރެވެން އޮތް ހުރިހާ ކަންތައްތަކެއް ކުރަމުންނެވެ.
އަބޫދާބީ އިން އެންމެ ފަހުން ނެރުނު ބަޔާނުގައި ބުނެފައިވަނީ އެޤައުމުގައި އިންވެސްޓްކުރާ ސައުދީ އިންވެސްޓަރުން ކުރާ އިންވެސްޓްމަންޓްތަކުން އެއްވެސް ޓެކްސްއެއް ނުނަގާނެ ކަމަށެވެ. ހަމަ އެކަނި ނަގަމުން ގެންދާނީ ވިޔަފާރީގެ ޓެކްސްތައް ކަމަށެވެ. ހަމަ އެއާއިއެކު އިންވެސްޓަރުންނަށް އަބޫދާބީ އިން ރަށްވެހިކަންވެސް ދޭނެ ކަމަށެވެ.
މިކަން އިއުލާނުކޮށްފައިވަނީ އަބޫދާބީގައި ބުދަ ދުވަހު ބޭއްވި އަބޫދާބި- ސައުދީ އިންވެސްޓްމަންޓް ފޯރަމްގެ ތެރެއިންނެވެ.
އަަވަށްޓެރި އިންޑިއާއަށް ބެލިނަމަވެސް އެންމެ 5 މިލިއަން ޑޮލަރު އިންވެސްޓްކޮށް އިންޑިއާގެ ރައްޔިތުންނަށް ވަޒީފާ ދޭނަމަ 10 އަަހަރު ދުވަހަށް ރައްވެހިކަމުގެ ސެޓުފިކެޓު އެމީހަކަށާއި އާއިލާއަށް ދެއެވެ.
ސަރުކާރުން ޤާނޫނެއް ފާސްކޮށް ނުވަތަ އުޞޫލުތަކެއް ހަމަޖައްސައި މިފަދަ އުޞޫލުތައް ތަންފީޒުކުރާނަމަ ސަރުކާރުތަކަށް ނުވަތަ އޮފިޝަލުންނަށް އެއްވެސް ރިޝްވަތެއް ދޭކަށް ނުޖެހޭނެއެވެ. އިންވެސްޓަރުންނަށް ރިޝްވަތުދޭން ނުޖެހުމަކީ އިންވެސްޓަރުންގެ އިތުބާރު އެންމެ ބޮޑަށް އިތުރުވާ އެއް ސަބަބެވެ.
އިންވެސްޓަރުންނަށް ވީހައި ލުއިފަސޭހަ ގަތްތައް ޤައުމުތަކުން ހަމަޖައްސަމުން ގެންދަނީ ދުނިޔެއަށް ކުރިމަތިވެފައިވާ މާލީ ދަތިތަކުން އަރައިގަތުމަށެވެ. ޤައުމަށް ލިބޭ އާމްދަނީ އިތުރުކުރުމަށެވެ. އަމިއްލަ ފައިމަތީގައި ސާބިތު ޤައުމަކަށް ހެދުމަށެވެ.