އައިވަރީ ކޯސްޓުގެ މަތިންދާ ބޯޓެއް ވެއްޓިއްޖެއެވެ.
މީޑިއާ ރިޕޯޓުތައް ބުނާގޮތުން މި ބޯޓު ވެއްޓުނީ އައިވަރީ ކޯސްޓުގެ ބައިނަލްއަޤުވާމީ ވައިގެބަނދަރުން ނައްޓާލިތާ ކުޑައިރުކޮޅެއްގެ ތެރޭގައި އަބިޖާން ކިޔާ އަވަށެއްގެ ގޮނޑުދޮށަށެވެ.
މި ބޯޓުން ދަތުރުކުރި މީހުންގެ ތެރެއިން 2 މީހަކު ބޯޓުގެ ތެރެއިން ނެރެފައިވާ އިރު، އެހެން އެއްވެސް މީހެއްގެ ހަށިގަނޑު އަދިވަނީ ނެރެވޭގޮތް ނުވެފައެވެ. އަދި ބޯޓު ވެއްޓެން މެދުވެރިވީ މޫސުން ގޯސްވެ، ގަދަވަޔާއެކު ބޯވާރޭ ވެހެމުން ދިއުމުން ކަމަށްވެސް ރިޕޯޓުތައް ބުނެއެވެ.
މީގެ އިތުރުން އެ ޤައުމުގެ މީޑިއާތަކާއި ޙަވާލާދީ ރިޕޯޓުތައް ބުނެފައިވަނީ ބޯޓު ވެއްޓުނުތާ މާގިނަ އިރެއް ނުވެ، އެ ސަރަހައްދަށް އޮފިޝަލުންގޮސް މީހުން ސަލާމަތްކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ.
މިއީ ފްރާންސްގ ެއަސްކަރީ މަތިންދާ ބޯޓެއް ކަމަށާއި މި ބޯޓު ދަތުރުކުރީ މުދާ ހިފައިގެން ކަމަށްވެސް ރިޕޯޓުތައް ބުނެއެވެ. ނަމަވެސް މި ބޯޓުން ދަތުރުކުރި މީހުންގެ ޢަދަދު އަދިހާމައެއް ނުކުރެއެވެ.