އުމުރުން އެންމެ ހަ އަހަރުގެ އާދަމް ފްލައިޓެއް ދުއްވައިފި

ކިޔުމަށް ހޭދަވާނީ 1މ 4ސ
އުމުރުން އެންމެ ހަ އަހަރުގެ އާދަމް ފްލައިޓެއް ދުއްވައިފި
އިޖިޕްޝަން- މޮރޮކަން އާއިލާއަކަށް ނިސްބަތްވާ އުމުުރުން އެންމެ ހަ އަހަރުގެ އާދަމް މުޙައްމަދު އާމިރު މިވަނީ މުޅި ދުނިޔެ ހައިރާން ކޮށްލުވާފައެވެ. އެތިހާދް އެއާވޭސް އަށް މިކުޑް ކުއްޖާ ކުރި ޒިޔާރަތެއްގައި، ފްލައިޓެއްގެ ކޮކްޕިޓް ފަންކްޝަންސް މަސައްކަތް ކުރާ ގޮތް، އެފްލައިޓުގެ ކެޕްޓަން އަށް ކިޔާދިން ވީޑިއޯ އެއް ސޯޝަލް މީޑިއާގައި މިދިޔަ ހަފްތާގައި ވަނީ އާންމުވެފައެވެ.

އެހާޅައުމުރުގައި ފްލައިޓުތަކާއި ބެހޭގޮތުން އެހާ ގިނަ މަޢުލޫމާތު އާދަމްއަށް ލިބިފައި ހުރުމުން، އެންމެންވެސް ތިބީ ހައިރާންވެފައެވެ. އަދި އޭގެ ނަތީޖާއެއްގެ ގޮތުން އެތިހާދް އެއާވޭސް އިން ވަނީ ފްލައިޓެއް ދުއްވުމުގެ ފުރުސަތު އާދަމްއަށް ދީފައެވެ.

ބޮޑުވެގެން ޕައިލެޓަކަށް ވާން ހުވަފެން ދެކޭ އާދަމް، އެތިހާދް އެއާވޭސް އިން އެމީހުންގެ ޓްރޭނިންގ ސެޝަނެއްގައި ބައިވެރި ކުރުވާފައެވެ. މަތިންދާ ބޯޓުތަކާއި ބެހޭ ގޮތުން އެހާ ގިނަ މައުލޫމާތު، އެހާ ޅައުމުރުގައި އާދަމް އަށް ލިބުނީ ކިހިނެއްތޯ އެހުމުން މީޑިއާތަކާއި ވާހަކަ ދައްކަމުން އޭނާގެ ބައްޕަ ބުނީ، އާދަމް ގެ އުމުރުން އެންމެ އެއްއަހަރުގައި މަތިންބޯޓާއި ބެހޭ މައުލޫމާތު ހޯދަން އޭނާ ފެއްޓިކަމަށާއި އެކަމަށް އުފެދިފައިވާ ޝައުޤުވެރިިކަން ދިޔައީ ދުވަހުން ދުވަހަކަށް އިތުރުވަމުންކަމަށެވެ.

މިއަދު އޮންލައިން