ނޯކަރާ އަންހެންދަރިފުޅު ލޯބީގެ ގުޅުން އޮންނާތީ މަރާލި ދެ ޑޮކްޓަރުން ހައިކޯޓުން މިނިވަންކޮށްފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 7ސ
ނޯކަރާ އަންހެންދަރިފުޅު ލޯބީގެ ގުޅުން އޮންނާތީ މަރާލި ދެ ޑޮކްޓަރުން ހައިކޯޓުން މިނިވަންކޮށްފި
ނިޔުދިއްލީގައި ދަތުގެ ފަރުވާ ދެމުން ދިއަ ދެމަފިރއަކު 2008 ވަނަ އަަހަރު ވަނީ އެ ދެމަފިރިންގެ އަންހެން ދަރިފުޅާއި ގޭގައި ގެންގުޅޭ ނޯކަރު މަރާލައިފައެވެ.

ރިޕޯޓްތައް ބުނާ ގޮތުން ދެމަފިރިން އެކަންކުރީ އެދެމީހުންގެ މެދުގައި ކުރިއަށް ގެންދިއަ ލޯބީގެ ގުޅުމުގެ ސަބަބުންނެވެ.

އަންހެން ދަރިފުޅު މަރާލާފައި އޮއްވާ ގެއިން ފެނުނުއިރު ކަރުގައި ހުރި އަނިޔާތަކުން އޭނާ މަރުވީ ކަރުގައި އެއްޗެއް އައްސައި ބާރުކުރުމުންކަން ވަނީ ސާބިތުވެފައެވެ. އެއިގެ އެއް ދުވަސްފަހުން ނޯކަރުގެ މަރާލާފައި އޮތް ހަށިގަނޑު ފެނިފައިވަނީ ގޭގެ ރޫފްޓޮޕުންނެވެ.

އެކަމާއި ގުޅިގެން ހިންގި ޝަރީއަތުގައި ދަށު ކޯޓުން ވަނީ ދެމަފިރިންގެ މައްޗަށް އުމުރަށް ޖަލަށް ލުމުގެ ޙުކުމް އިއްވައިފައެވެ. ނަމަވެސް މިދިއަ ބުރާސްފަތ ދުވަހު ހައިކޯޓުން ވަނީ ދަށު ކޯޓުގެ ޙުކުމް ބާޠިލުކޮށްފައެވެ. ސަބަބެއް ކަމަށް ބުނެފައިވަނީ އެކަށީގެންވާވަރަށް ހެކި ނެތުމެވެ.

ދަރިފުޅާއި ނޯޚަރު މަރައިލީ ދެމަފިރިންކަން ސާބިތުކުރެވޭވަރަށް ހެކި ދެއްކިފައި ނެތް ނަމަވެސް އެގެއަށް އިތުރު ބައަކު ވަންކަން ސާބިތުކޮށްދެވިފައެއް ނުވެއެވެ. އަދި އެފަދަ ތުހުމަތެއްވެސް ކުރެވިފައެއް ނުވެއެވެ.

ދެމަފިރިން ބުނީ އެމީހުން ކުށްްވެރިކުރުވީ އަނިޔާވެރި ތަހްޤީޤަކުން ކަމަށާއި މީޑިއާތަކުން ފެތުރި ދޮގު މައުލޫމާތުން ކަމަށެވެ. އެއްް ގެއެއްގައި ޖެހިޖެހިގެން ދެ ދުވަހު ބޭރުން އަންނަ ބައަކަށް މީހުން މެރުމުގެ ދެ ޖަރީމާ ހިންގިދާނެކަމާއިމެދު އުފެދޭ ސުވާލަށް ދެމަފިރިން ޖަވާބެއް ނުދެއެވެ.

މިއަދު އޮންލައިން