ނިޔުޔޯކުގައި ދުއްވަމުން ދިއަ ކާރެއްގައި އަލިފާން ހިފުމުން ފަހަތު ސީތުގައި އިން އަންހެން މީހާ ސަލާމަތްނުކޮށް ޑްރައިވަރު ހޮސްޕިޓަލަށް ދިއުމުން އަންހެން މީހާ އަނދައިފިއެވެ.
ކާރުގައި ރޯވެ އަނދަމުންދާ މަންޒަރު ފެނުމުން އަލިފާން ނިއްވާ މީހުން އައިސް އަލިފާންގަނޑު ނިއްވައިލިއިރު ފަހަތުސީތުގައި އިން އަންހެން މީހާ ވަނީ އަނދައި މަރުވެފައެވެ.
ސީސީޓީވީން ފެންނަގޮތުން ކާރުގައި އަލިފާން ހިފުމުން ފަހަތު ސީޓުގައި އިން އަންހެން މީހާ ސަލާމަތްކުރަން ޑްރައިވަރު އެއްވެސް މަސައްކަތެއް ނުކުރެއެވެ. ހޮސްޕިޓަލަށް ދިއަ ނަމަވެސް އޭނާއަށް މާ ބޮޑު އަނިޔާއެއްވެސް ލިބިފައެއް ނުވެއެވެ.
މިހާދިސާގައި އަނދައި މަރުވީ އިންޑިއާ ދަރިކޮޅުގެ އަންހެނެއް ކަމަށްވާ އުމުރުން 25 އަހަރުގެ އަންހެނެކެވެ. ފުލުހުން ބުނީ ޑްރައިވަރު ހުރީ ބަނގުރާ ބޮއިގެން ކަމަށާއި ނަމަވެސް ކުށްވެރިވާވަރަށް ބޮއިގެން ނޫން ކަމަށެވެ.