މޮރޮކޯގެ ދެކުނުގެ ސަރަހަހައްދުތަކުގައި ފެނަށްޖެހި ގިނަ ދުވަސްތަކެއް ވާން ފެށުމުން ރައްޔިތުން ރުޅިގަދަވެ ފެނުގެ ހަލުތާލުތަކެއް ފަށައިފިއެވެ.
ރިޕޯޓްތައް ބުނާގޮތުން ހޫނު މޫސުމުގެ ހޫނު އިންތިހާއަށް ގަދަވެފައިވާއިރު ހޫނު މޫސުން ފެށުނީންސުރެ ފެން ލިބުމަށް ވަނީ ދަތިތައް ކުރިމަތިވެފައެވެ. ކޮންމެ ދުވަހަކުވެސް ފެން ލިބެނީ ވަރަށް މަދު ވަގުތުތަކެއްގައި ކަމަށްވާތީ ގޭގޭގައި ބުއިމަށް ބޭނުންކުރާ ވަރަށްވެސް ފެނެއް ނުލިބެއެވެ.
ބައެއް އާއިލާތަކުން ބުނަނީ ފެން ލިބޭ ވަގުތު މަދުވެ ކިޔޫ ދިގުކަމުން ހަފްތާއަކު އެއް ދުވަހު ވެސް ފެން ނުލިބޭ ކަމަށެވެ. އާންމުގޮތެއްގައި ދާޚިލީ މައްސަލަތައް މަދު މޮރޮކޯގެ ރައްޔިތުން ގެންދަނީ ރަސްގެފާނަށް ނުރުހުން ފައުޅުކުރަމުންނެވެ.