ދިރާގުން އައިފޯން 8 އަދި އައިފޯން 8 ޕްލަސް ވިއްކަން ފަށައިފި

ކިޔުމަށް ހޭދަވާނީ 55ސ
ދިރާގުން އައިފޯން 8 އަދި އައިފޯން 8 ޕްލަސް ވިއްކަން ފަށައިފި
ދިރާގުން އައިފޯން 8 އަދި އައިފޯން 8 ޕްލަސް، ޕްރީއޯޑަރ ކުރި ފަރާތްތަކަށް ލޯންޗު ކޮށްފިއެވެ.

އައިފޯން 8 އަދި އައިފޯން 8 ޕްލަސް ދިރާގުން ލޯންޗްކޮށް ވިއްކަން ފެށީ އޮކްޓޯބަރ މަހުގެ 20 ވަނަ ދުވަހުގެ މެންދުރުފަހު 14:00 ދިރާގު ހެޑް އޮފީހުންނެވެ.



މީގެ ކުރިން މާލޭގައި އެކަނި އެންމެ ފުރަތަމަ ލޯންޗު ކުރިކަމުގައި ވިޔަސް، ދިރާގުން މިފަހަރު އައިފޯން 8 އަދި އައިފޯން 8 ޕްލަސް ލޯންޗު ކުރި ގަޑީގައި އެކުންފުނީގެ އެހެން ރީޖަން ތަކުގައިވެސް ޕްރީ އޯޑަރ ކުރި ފަރާތްތަކާއި ފޯނު ހަވާލު ކުރެވިގެން ދާނެ ކަމަށް ދިރާގުން ވަނީ ބުނެފައެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އައިފޯން 8 އަދި އައިފޯން 8 ޕްލަސް ގެ ތިން ކުލައެއް ލިބެން ހުރެއެވެ. އެއީ ސިލްވަރ، ސްޕޭސް ގްރޭ އަދި ގޯލްޑެވެ.

އައިފޯން 8 ގެ 64 ޖީބީ ފޯން ވިއްކަން ހަމަޖެހިފައިވަނީ 14،899 ރުފިޔާ އަށެވެ. އަދި 256 ޖީބީ ގެ ފޯން ވިއްކަން ހަމަޖެހިފައިވަނީ 18،199 ރުފިޔާއަށެވެ. އައިފޯން 8 ޕްލަސް ގެ 64 ޖީބީ ފޯނު 16،999 ރުފިޔާ އަށް ވިއްކާއިރު 256 ޖީބީ ފޯނު ވިއްކަނީ 19،999 ރުފިޔާ އަށެވެ.
މިއަދު އޮންލައިން