ފިލްމީ ދާއިރާގައި 20 އަހަރު ހޭދަ ކުރުން ފާހަގަ ކުރުމުގެ ގޮތުން "ސެލެބްރޭޓިންގ 20" ގެ ނަމުގައި ދަރުބާރުގޭގައި ބޭއްވުނު ޚާއްސަ ޚަފްލާގައި ވަނީ ނިއުމާ އެކްޓު ކުރާ ފިލްމު "ނިވައިރޯޅި" ލޯންޗުކޮށްފައެވެ. މިފިލްމު ލޯންޗު ކޮށްދިނީ ކާމިޔާބު އެތަކެއް ފިލްމެއް އުފައްދަމުން އަދި ޑައިރެކްޓު ކުރަމުން އަންނަ ހުނަރުވެރި ވާހަކަ ލިޔުންތެރިޔާ ފާތިމަތު ނަހުލާ އެވެ.
މިޚަފްލާގައި ވާހަކަ ދައްކަމުން ނިއުމާ ބުނެފައިވަނީ މިފިލްމަކީ ނިއުމާއަށާއި ނިއުމާގެ ސަޕޯޓަރުންނަށް ވަރަށް ޚާއްސަ ފިލްމެއް ކަމަށެވެ.
"މިފިލްމަކީ އެކްޓަރ އެއްގެ ގޮތުގައި އަޅުގަނޑު ފެނިގެންދާނެ އެންމެ ފަހު ފިލްމު. އެންމެ ފަހު މަސައްކަތް. އަޅުގަނޑު އެކްޓިންގ ދާއިރާއިން މިއަދު ރަސްމީކޮސް ރިޓަޔަރ ކުރާއިރު އަޅުގަނޑު އެދެނީ ދިވެހި ފިލްމު އިންޑަސްޓްރީއަށް އަދަށް ވުރެ ފެހި މާދަމާއެއް" ނުހަނު އަސަރާއިއެކު އެޚަފްލާގައި ނިއުމާ ބުންޏެވެ.
އެކްޓިންގ ދާއިރާއާއި ވަކިވި ނަމަވެސް ފިލްމު ޑައިރެކްޓް ކުރުމާއި އުފެއްދުމުގެ މަސައްކަތްތަކުގައި އުޅޭނެ ކަމަށް ނިއުމާ ވަނީ ބުނެފައެވެ. ފިލްމާއި ލަވަ އަދި ޑްރާމާ ކުޅުމުން ރިޓަޔަރ ވާން ނިންމީ ވަކި ޚާއްސަ ސަބަބަކާއި ހެދި ނޫން ކަމަށާއި އޭނާ ވިސްނީ އެހާ ގިނަ ދުވަހު މަސައްކަތް ކުރެވިފައިވާތީ ރިޓަޔަރ ކުރަން ނިންމީ ކަމަށެވެ.