ސައުދީ އިން ޢުމްރާގެ އަގު ބޮޑު ކުރަނީ؟

ކިޔުމަށް ހޭދަވާނީ 48ސ
ސައުދީ އިން ޢުމްރާގެ އަގު ބޮޑު ކުރަނީ؟
ސައުދީ އަރަބިއާގެ ރެވެނިއު އިތުރު ކުރުމަށް، ޢުމްރާގެ އަގު ބޮޑު ކުރަން އުޅޭ ކަމުގެ މައުލޫމާތު ލިބިއްޖެއެވެ.

މީޑިއާ ރިޕޯޓުތަކުން ބުނާގޮތުގައި ސައުދީ އަރަބިއާ އަށް ޢުމްރާއަށް ދިޔުމަށް އަލަށް ކަނޑައަޅާ އަގަކީ 2000 ރިޔާލް އެވެ. އެއީ އެއް އަހަރު ތެރޭގައި ދެފަހަރަށް ޢުމްރާއަށް ދާނަމަ ކަމުގައި ވެސް ރިޕޯޓުތަކުގައި ވެއެވެ.

މީގެއިތުރުން ސައުދީ އަރަބިއާގައި ހުރުން ހަމަޖެހިފައިވާ ހޮޓެލްފަދަ ތަންތަނުގައި އިތުރު ޒިއާރަތްތައް ބިނާ ކުރުމަށް ހަމަޖެހިފައިވާތީ، އެތަންތަނުން ޓެކްސް ނަގަން ހަމަޖެހިފައިވާ ކަމަށް ވެސް މައުލޫމާތު ލިބިފައިވެއެވެ. އަދި ރެވެނިއު އިތުރު ކުރުމަށްޓަކައި މިނޫންވެސް އަގުތައް ބޮޑު ކުރުމަށް ހަމަޖެހިފައިވާ ކަމަށް މައުލޫމާތު ލިބިފައިވެއެވެ.

ކުދަ އަދަދަކަށް ޢުމްރާގެ އަގު ބޮޑު ކުރަން ގަސްދުކޮށްފައިވީ ނަމަވެސް، ދުނިޔޭގެ އެކި ކަންކޮޅުތުގެ މުސްލިމުންނަށް، ޚާއްސަކޮށް ފަޤީރުންނަށް، މިކަމުގެ ސަބަބުން ދަތިތަކެއް ފޯރާނެކަމަށް އެކި ފަރާތްތަކުން ވަނީ ފާހަގަކޮށް ކަންބޮޑުވުން ފާޅުކޮށްފައެވެ.

ހަބަރާ ގުޅުންހުރި ލިޔުން
މިއަދު އޮންލައިން