ޑަބްލިއުއެޗްއޯގެ ގުޑްވިލް އެމްސެޑަރގެ މަޤާމު މުގާބޭއަށް ނުދޭން ނިންމައިފި

ކިޔުމަށް ހޭދަވާނީ 56ސ
ޑަބްލިއުއެޗްއޯގެ ގުޑްވިލް އެމްސެޑަރގެ މަޤާމު މުގާބޭއަށް ނުދޭން ނިންމައިފި
ޑަބްލިއުއެޗްއޯގެ ގުޑްވިލް އެމްސެޑަރގެ މަޤާމު މުގާބޭއަށް ނުދޭން ނިންމައިފިއެވެ.

ދުނިޔޭގެ ސިއްހަތު ޖަމިއްޔާ ޑަބްލިއުއެޗްއޯ އިން މިގޮތަށް ނިންމާފައިވަނީ ގުޑްވިލް އެމްބެސެޑަރުކަން ޒިމްބާބުވޭގެ ރައީސް ރޮބަޓް މުގާބޭއަށް ދިނުމަށް ނިންމުމުން ގިނަ ބައެއްގެ ފާޑުކިޔުންތައް އަމާޒުވެފައިވަނިކޮށެވެ.

ޑަބްލިއުއެޗްއޯގެ ޑައިރެކްޓަރ ޑރ. ޓެޑްރޯސް އަދަނޯމް މިހާރުވަނީ މުގާބޭއަށް އެމްބެސެޑަރުކަން ނުދޭން ނިންމާފައިކަން އިޢުލާންކޮށްފައެވެ. މި ނިންމުމާމެދު އިނގިރޭސީން ކަންބޮޑުވުން ފާޅުކޮށް، ބުނެފައިވަނީ މި ނިންމުމުގެ ސަބަބުން އެ ޖަމިއްޔާއަށް ގޮންޖެހުންތަކަކާ ކުރިމަތިވެދާނެ ކަމަށެވެ.

ކެނެޑާގެ ބޮޑު ވަޒީރު ޖަސްޓިން ޓްރޫޑޮ މިކަން ސިފަ ކުރައްވާފައިވަނީ ޖޯކެއްގެ ގޮތުގައެވެ.

ޒިމްބާބުވޭގެ އިންސާނީ ޙައްޤުތަކުގެ ޙާލަތު ދަށްވަމުންދާތީ އެމެރިކާ އާއި އީޔޫއިން ވަނީ މުގާބޭއާއި މެދު ފިޔަވަޅު އަޅާފައެވެ.

މުގާބޭގެ ވެރިކަމުގައި ޒިމްބާބުވޭގެ ސިއްހީ ހާލަތު ކުރިއަށްވުރެ ބޮޑަށް ދަށްވެފައިވާ ކަމަށް ފާޑު ކިޔާ ފަރާތްތަކުން ބުނަމުން އަންނަ އިރު، މުގާބޭވަނީ މިހާތަނަށް 37 އަހަރު ޒިމްބާބުވޭގެ ވެރިކަން ކުރައްވާފައެވެ.
މިއަދު އޮންލައިން