ސީޕީ ކަޕް ބަށިބޯޅަ މުބާރާތުގެ ފައިނަލުުން ސީއޯސީ އާއި ޑިވިޜަންސް ކޮމްބައިން ޖާގަ ހޯދައިފި

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 54ސ
ސީޕީ ކަޕް ބަށިބޯޅަ މުބާރާތުގެ ފައިނަލުުން ސީއޯސީ އާއި ޑިވިޜަންސް ކޮމްބައިން ޖާގަ ހޯދައިފި
ކޮމިޝަނަރ އޮފް ޕޮލިސްގެ ވާދައިގެ ތައްޓަށްކުޅެވޭ ސީޕީ ކަޕް އިންޓަރ ޑިޕާޓްމަންޓް ބަށިބޯޅަ މުބާރާތުގެ ފައިނަލުން ސީއޯސީ އާއި ޑިވިޜަންސް ކޮމްބައިން ޖާގަހޯދައިފިއެވެ.
ސީއޯސީ މުބާރާތުގެ ފައިނަލުން ޖާގަހޯދީ ރޭ ސީއައިސީ އާ ވާދަކުރިމެޗު ކާމިޔާބުކޮށްގެންނެވެ. މިމެޗު ސީއޯސީން ކާމިޔާބުކުރީ 24 ލަނޑު 6 ފޯލިންނެވެ. މިމެޗުގައި ސީއައިސީއަށް ހެދިފައިވަނީ 13 ލަނޑު 7 ފޯލިއެވެ.

ޑިވިޜަންސް ކޮމްބައިން ފައިނަލުން ޖާގަހޯދީ ރޭ ޓީމް ކަސްޓޯޑިއަލް އާ ވާދަކުރިމެޗު ކާމިޔާބުކޮށްގެންނެވެ. މިމެޗު ޑިިވިޜަންސް ކޮމްބައިން ކާމިޔާބުކުރީ 27 ލަނޑު 6 ފޯލިންނެވެ. މިމެޗުގައި ޓީމް ކަސްޓޯޑިއަލްއަށް ހެދިފައިވަނީ 16 ލަނޑު 11 ފޯލިއެވެ.

މި މުބާރާތުގެ ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ މިރޭ 20:00 ގައެވެ. ކުޅިވަރު އެކުވެނި އައުޓްޑޯ ވޮލީކޯޓު ސަރަޙައްދުގައި ކުރިއަށްދާ މި މުބާރާތުގައި ޖުމްލަ 8 ޓީމަކުން ބައިވެރިވެފައިވެއެވެ.
ޕޮލިސް ކުލަބުން އިންތިޒާމްކޮށްގެން، ނޭޝަނަލް ބަށިބޯލް އެސޯސިއޭޝަނާ ގުޅިގެން ބާއްވާ މި ބަށި ބޯޅަމުބާރާތަކީ ފުލުހުންގެ މުއައްސަސާގެ ޑައިރެކްޓްރޭޓްތަކާއި، ކޮމާންޑް ތަކާއި، ޑިޕާޓްމަންޓްތަކަށް ހުޅުވާލައިގެން ބާއްވާ މުބާރާތެކެވެ.
މިއަދު އޮންލައިން