ޕްރެސިޑެންޓްސް ކަޕް (ރެކްރިއޭޝަނަލް) ފުޓްސަލް މުބާރާތް: ޕޮލިސް ކުލަބު ކުއާޓަރ ފައިނަލަށް

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 41ސ
ޕްރެސިޑެންޓްސް ކަޕް (ރެކްރިއޭޝަނަލް) ފުޓްސަލް މުބާރާތް: ޕޮލިސް ކުލަބު ކުއާޓަރ ފައިނަލަށް
ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން އިންތިޒާމްކޮށްގެން މިހާރު ކުރިއަށް ގެންދާ ޕްރެސިޑެންޓްސް ކަޕް( ރެކްރިއޭޝަނަލް) ފުޓްސަލް މުބާރާތުގެ ކުއާޓަރ ފައިނަލުން ޕޮލިސް ކުލަބު ޖާގަ ހޯދައިފިއެވެ.

ޕޮލިސް ކުލަބު ކުއާޓަރ ފައިނަލުން ޖާގަހޯދީ ދެވަނަ ބުރުގައި އިއްޔެ ހަވީރު ކަސްޓަމްސް އާވާދަކުރި މެޗު 4-2 ގެ ނަތީޖާއަކުން ކާމިޔާބުކޮށްގެންނެވެ.

ކުއާޓަރ ފައިނަލުގައި ޕޮލިސް ކުލަބު ވާދަކުރަންޖެހެނީ ދިރާގާއެވެ. ދިރާގު ކުއާޓަރ ފައިނަލުން ޖާގަހޯދީ އިއްޔެ އެމްސީއެސް އާ ވާދަކުރި މެޗު 7-6 ގެ ނަތީޖާއަކުން ކާމިޔާބުކޮށްގެންނެވެ.

ޕޮލިސް ކުލަބާ ދިރާގު ވާދަކުރާ ކުއާޓަރ ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ މާދަމާރޭ 20:00 ގައެވެ. ޕްރެސިޑެންޓްސް ކަޕް ފުޓްސަލް މުބާރާތުގެ ކުޅުން ކުރިއަށްދަނީ ހެންވޭރު ފުޓްބޯޅަ ދަނޑުގައެވެ.
މިއަދު އޮންލައިން