ދ.ކުޑަހުވަދޫގައި ދިރިއުޅޭ އުމުރުން ދުވަސްވީ މީހުންްނަށް އަމާޒުކޮށްގެން ކަސްރަތު ޕްރޮގްރާމެއް ފަށައިފި

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 1މ 27ސ
ދ.ކުޑަހުވަދޫގައި ދިރިއުޅޭ އުމުރުން ދުވަސްވީ މީހުންްނަށް އަމާޒުކޮށްގެން ކަސްރަތު ޕްރޮގްރާމެއް ފަށައިފި
ދ.ކުޑަހުވަދޫ ޕޮލިސް ސްޓޭޝަނާއި ކުޑަހުވަދޫ ހޮސްޕިޓަލް އަދި ޕަބްލިކް އެފެއަރޒް ޑިޕާޓްމަންޓް ގުޅިގެން ދ.ކުޑަކުވަދޫގައި ދިރިއުޅޭ އުމުރުން ދުވަސްވީ މީހުންނަށް އަމާޒުކޮށްގެން ކަސްރަތު ޕްރޮގްރާމެއް ފަށައިގެން ކުރިއަށް އެބަގެންެދެއެވެ.

މިއޮކްޓޯބަރު މަހުގެ 20 ވަނަ ދުވަހު ކުޑަހުވަދޫ ހިއްކި ސަރަޙައްދުގައި ފެށި މިކަސްރަތު ޕްރޮގްރާމަކީ ދުޅަހެޔޮ ސިއްހަތެއްގައި ހުރުމަށް ކަސްރަތުގެ މުހިންމުކަމާއި އިޖުތިމާއީ ގުޅުމާއި ރައްޔިތުންނާއި ފުލުހުން ދެމެދު އޮންނަ ގުޅުން މިހާރަށްވުރެ ރަނގަޅުކުރުމުގެ މަޤުޞަދުގައި ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ.

މި ޕްރޮގްރާމުގެ ތެރެއިން ކަސްރަތު ކުރަންވީ ރަނގަޅު ގޮތްތައް ކިޔައިދިނުމާއި ދުޅަހެޔޮ ސިއްޙަތެއްގައި ހުރުމަށް ރަނގަޅު ކާނާ އާއި ކަސްރަތުގެ މުހިންމުކަމާއި ކަސްރަތުން ލިބޭ ފައިދާތައް ބުނެދިނުމުގެ އިތުރުން މި ޕްރޮގްރާމުގައި މޫދު ކަސްރަތުތައް ކުރިއަށް ގެންދިޔުމަށްވަނީ ހަމަޖެހިފައެވެ. މީގެއިތުރުން ކަސްރަތާ ގުޅޭ މުހިންމު މަޢުލޫމާތާއި ކަސްރަތު ކުރަންޖެހޭ ގޮތްތަކާއި ކަސްރަތުގެ ސަބަބުން ލިބޭ ފައިދާތަކާ ގުޅޭ މަޢުލޫމާތުދޭ ސެޝަންތަކެއްވެސް ކުރިއަށް ގެންދިޔުމަށްވަނީ ހަމަޖެހިފައެވެ.

އެއް މަސްދުވަހުގެ މުއްދަތަށް ކުރިއަށް ގެންދާ މި ޕްރޮގްރާމުގައި ކުޑަހުވަދޫގައި 60 ފަރާތަކުން ބައިވެރިވެފައިވާއިރު މި ޕްރޮގްރާމުގައި ކުލާސްތައް ނަގައިދެނީ ޕަބްލިކް އެފެއަރޒް ޑިޕާޓްމަންޓުގައި މަސައްކުރާ ފުލުހުންނާއި ކުޑަހުވަދޫ ޕޮލިސް ސްޓޭޝަނުގައި މަސައްކަތްކުރާ މިފަދަ ޕްރޮގްރާމު ހިންގުމުގެ ތަޖުރިބާ ހުރި ފުލުހުންނެވެ.

މި ޕްރޮގްރާމު ކުރިއަށް ގެންދިއުމުގައި ކުޑަހުވަދޫ ހޮސްޕިޓަލާއި ކުޑަހުވަދޫ ރައްޔިތުންގެ ފަރާތުން ފުލުހުންނަަށް ވަރަށް ބޮޑު އެއްބާރުލުމެއް ދަނީ ލިބެމުންނެވެ
މިއަދު އޮންލައިން