ޤައުމީ ހޭންޑްބޯލް މުބާރާތުގެ ސެމީފައިނަލުން ޕޮލިސް ކުލަބު ޖާގަ ހޯދައިފި

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 48ސ
ޤައުމީ ހޭންޑްބޯލް މުބާރާތުގެ ސެމީފައިނަލުން ޕޮލިސް ކުލަބު ޖާގަ ހޯދައިފި
5 ޤައުމީ ހޭންޑްބޯލް މުބާރާތުގެ ފިރިހެން ޑިވިޜަންގެ ސެމީ ފައިނަލުން ޕޮލިސް ކުލަބު ޖާގަ ހޯދައިފިއެވެ.

ޕޮލިސް ކުލަބު މި މުބާރާތުގެ ސެމީ ފައިނަލުން ޖާގަހޯދީ ރޭ ޓީއެސްއޭ އާވާދަކުރި މެޗު 38-16 ޕޮއިންޓުން ކާމިޔާބުކޮށް ގްރޫޕުގެ ދެވަނަ ޓީމުގެ ގޮތުގައެވެ.
ސެމީ ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ މާދަމާރޭ 20:00 ގައެވެ. މިމެޗުގައި ޕޮލިސް ކުލަބު ނުކުންނާނީ ގްރޫޕުގެ ތިން ވަނަ ޓީމުގެ ގޮތުގައި ސެމީ ފައިނަލުން ޖާގަ ހޯދި ދިވެހި ސިފައިންގެ ކުލަބާއެވެ.

ޤައުމީ ހޭންޑްބޯލް މުބާރާތުގެ ފިރިހެން ޑިވިޜަންގެ ކުޅުން ކުރިއަށްދަނީ ލީގު އުސޫލުން ކުޅުމަށްފަހު އެންމެ ގިނަ ޕޮއިންޓް ހޯދާ ޓީމަށް ފައިނަލުން ޖާގަލިބޭގޮތަށެވެ. އަދި ފައިނަލްގެ ދެވަނަ ޖާގަ ކަށަވަރުވެގެންދާނީ ލީގުގެ ދެވަނަ އާއި ތިން ވަނަ ޓީމުގެ މެޗުގައި ކުޅޭ ސެމީ ފައިނަލް މެޗަށްފަހުއެވެ. މި މުބާރާތުގެ ފިރިހެން ޑިވިޜަން އަދި އަންހެން ޑިވިޜަންގެ ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ އަންނަ ބުރާސްފަތި ދުވަހުގެ ރެއެވެ.
މިއަދު އޮންލައިން