އުރީދޫ މޯލްޑިވްސް ޕަބްލިކް ލިމިޓެޑް އިން ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރުގެ ގޮތުގައި ޗެއަރމަން އަލްފާޟިލް ޚާލިދު އިބްރާހިމް އަލް-މަޙްމޫދު ހަމަޖައްސައިފިއެވެ.
އުރީދޫ އިން ބުނެފައިވަނީ ޚާލިދު މި މަޤާމަށް ހަމަޖައްސަވާފައިވަނީ ކުރީގެ މެނޭޖިންގ ޑިރެކްޓަރ އަދި ބޯޑު މެންބަރު އަލްފާޟިލް ވިކްރަމް ސިންހާ އިސްތިޢުފާ ދެއްވުމާ ގުޅިގެންކަމަށެވެ.
މިކަމާގުޅިގެން ޚާލިދު އިބްރާހިމް އަލް-މަޙްމޫދު އަށް އުރީދޫއިން ވަނީ ވަރަށް ހޫނު މަރުޙަބާއެއް ދަންނަވާފައެވެ. އަދި ޚާލިދުގެ ލަޔާގަތާއި ގާބިލިއްޔަތާއެކު، އަދި ބޯޑު މެންބަރުންގެ އިރުޝާދާއި އެހީތެރިކަމާއެކު ކުންފުނި އިތުރު ކުރިއެރުމާއި ކާމިޔާބު ހޯދާނެކަމަށް އުންމީދުކުރާ ކަމަށްވެސް އުރީދޫ އިން ވަނީ ބުނެފައެވެ.